ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަނިޔާވެރި އަމަލުތަކަށް ހިތްވަރު ދިނުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ރޫހާ ހިލާފު: އެޗްއާރްސީއެމް
އަލީ ރާޒީ
10 ޑިސެމްބަރ 2024 - 22:28
0
comments
Tweet
Telegram
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ރައްޔިތުންނަށް ދެރަ ގޮތެއް ހައްދަވައިފި ނަމަ، ކުރީގެ ރައީސް މުހައްމަދު އަމީން ދީދީއާ މެދު އަމަލުކުރި ގޮތަށް އަމަލު ކުރަން ޖެހޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކައިފައިވާ ވާހަކައާ މެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަމާއި އެ މަނިކުފާނުގެ ނިމުން އައި ގޮތާ ގުޅުވައި، ކުޅުދުއްފުށީގައި އެ ޕާޓީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ ދިފާއުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
ފާޑުކިޔުން އަމާޒުވި ވާހަކަ ދިފާއުކުރައްވައި ފައްޔާޒު ވިދާޅުވީ "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކަމަށެވެ.
މިކަމާއި ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ވަނީ އެމްޑީޕީން ދާދި ފަހުން ބާއްވާފައިވާ ހަފުލާތަކެއްގައި އާންމުންގެ މެދުގައި ނަފުރަތު އުފައްދައި އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދައްކައިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް ފުޅާކޮށް ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ހައްގެއް ކަމުގައިވީ ނަމަވެސް އެ ހައްގުގެ ބޭނުން ކުރަންވާނީ ވަކި ހުދޫދެއްގެ ތެރެއިން، އަނެކާގެ ހައްގުތަކަށް އިހުތިރާމު ކުޑަނުވާ ގޮތަށް ކަމަށެވެ.
ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި މީޑިއާ އަދި ސޯޝަލް މީޑިއާ ޒަރިއްޔާއިން ފާޅުކުރާ ޚިޔާލުތަކުގައި ވެސް މީހުންގެ މެދުގައި ނަފުރަތު އުފެއްދުމަށާއި މުޖުތަމައުގެ ހަމަޖެހުމާއި މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ފާޅުކުރާ ޚިޔާލުތަކަކީ އެ ހައްގުގެ ރޫހާ ޚިލާފު އަމަލެއް ކަމަށް އެޗްއާރުސީއެމުން ފާހަގަކުރިއެވެ.
"މިފަދަ އަމަލުތައް ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ގޮވާލައި ކުރެވޭ ޚިޔާލުފާޅުކުރުންތަކަކީ، މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންވަމެވެ. އަދި މިފަދަ އަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސް ފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށް ކޮމިޝަނުން ގޮވާލަމެވެ." އެ ކޮމިޝަންގެ ބަޔާނުގައިވެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
އެއްވެ އުޅޭއިރު ހައްގުތަކަށް އަރައިނުގަތުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
2 މަސް ކުރިން
0
ފަސް މަސް ފަހުން ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމް އިން ބަލަން ފަށައިފި
3 މަސް ކުރިން
0
އެޗުއާރުސީއެމްގެ ނައިބު ރައީސަކަށް މުއުމިނާ އައްޔަންކޮށްފި
3 މަސް ކުރިން
0
އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަގާމަށް މޫމިނާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރައީސް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
3 ގަޑިއިރު ކުރިން
0
ދިރާގު ފުވައްމުލައް ރަންގެ ބިބް އަދި ރޭސް ކިޓް ދޫކުރަން މިއަދު ފަށަނީ
4 ގަޑިއިރު ކުރިން
0
ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
4 ގަޑިއިރު ކުރިން
0
ގިނަ އަދަދެއްގެ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
4 ގަޑިއިރު ކުރިން
0