ސައުދީން ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި
މަރިޔަމް އަނާ
20 ޖެނުއަރީ 2025 - 11:20
0 comments
ކަދުރު ބަހަން ފެށުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
މި އަހަރު ރޯދަ މަހަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރު މިއަދު ބަހަން ފަށައިފި އެވެ.1446 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރު ރާއްޖެ ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގަ އެވެ.ކަދުރު ބަހާނީ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް, ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން 13:00 އަށެވެ.މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހަނީ، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.ކަދުރު ބަހަން ހަމަޖައްސާފައި ވަނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރުބަލައި ހާޒިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރެވެ.
ކިޔުންތެރިންގެ ޝުއޫރު