ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގައިދީންގެ ބޯކޮށުމަކީ އިހުތިޔާރީ ކަމަކަށް ހަދަން އެޗްއާރުސީއެމުން އެދެފި
ހަސަން ހަލީމް
08 އޮކްޓޫބަރ 2024 - 15:36
0
comments
ގައިދީންނާ ކަމާބެހޭ އިދާރާތަކުގެ ކުރީގެ އިސްވެރިން - ފައިލް ފޮޓޯ
Tweet
Telegram
ގައިދީންނާއި ބަންދުކުރާ މީހުންގެ ބޮލާއި މަތިމަސް/ތުނބުޅި ކޮށުން ނުވަތަ ބޭލުން މަޖުބޫރުނުކޮށް ގައިދީންގެ އިހުތިޔާރީ ކަމެއްގެ ގޮތަށް ގާނޫނާއި ގަވާއިދު ބަދަލުކުރަން އެޗްއާރުސީއެމުން ކަރެކްޝަންސަށް ހުށަހަޅައިފި އެވެ.
ފިރިހެން ގައިދީންނާއި ޖަލުގައި ބަންދުކުރެވޭ މީހުންގެ ބޯކޮށުމާ ގުޅޭގޮތުން އެޗްއާރުސީއެމްގެ ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ޕޮލިސީ ރިވިއުއެއް އެ ކޮމިޝަނުން މިއަދު ވަނީ ޝާއިއުކޮށްފަ އެވެ.
މިއަދު އާންމުކުރި
ކަރުދާހެއްގައި
ބުނީ ޖަލު ބަންދުގައި ތިބޭ މީހުންގެ ބޮލުގެ އިސްތަށިގަނޑު ވަކި ވަރަކަށް ކޮށާފައި ބަހައްޓަން ގަވާއިދުތަކާއި އުސޫލުތަކުން މަޖުބޫރު ކޮށްފައި އޮތުމަކީ ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުގައި ކުރަމުން އަންނަ ކަމެއް ނޫން ކަމަށެވެ.
އެގޮތުން އދ. ގެ ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދަ ޓްރީޓްމެންޓް އޮފް ޕްރިޒަންސް (މަންޑޭލާ ރޫލްސް) އާއި އެސޯސިއެޝަން ފޯ ދަ ޕްރިވެންޝަން އޮފް ޓޯޗާ (އޭޓީޕީ) ގެ މިންގަނޑުތަކުގައި ބޮލުގެ އިސްތަށިގަނޑާއި ތުނބުޅިމަތިމަސް ކޮށައި ސާފުކޮށް ބެހެއްޓުމަކީ އެމީހެއްގެ އަމިއްލަ ސާފުތާހިރުކަމާ ގުޅިފައިވާ ކަމެއްކަމަށް ބަޔާން ކޮށްފައިވާކަން އެޗްއާރުސީއެމުން ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް ރާއްޖޭގެ ޖަލުތަކުގައި ބަންދު ކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވާއިދުގައި ގައިދީންގެ ބޮލާއި ތުނބުޅި އަދި މަތިމަސް ވެސް ދެ ސެންޓިމީޓަރަށް ވުރެ ދިގު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައި އޮންނަކަން އެޗްއާރުސީއެމުން ފާހަގަކޮށްފައިވެ އެވެ. އަދި، އެ ގަވާއިދާ އެއްގޮތަށް އަމަލު ނުކުރާ ގައިދީންގެ މައްސަލަތައް ބަލައި އެމީހުންނާ މެދު ޑިސިޕްލިނަރީ ފިޔަވަވަޅު އެޅޭނެކަމަށް އެ ގަވާއިދުގައި ލިޔެފައި ވާތީ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެ ގަވާއިދަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ބާރު ލިބިގެން އެކުލަވާލައި އަމަލު ކުރަމުންދާ ގަވާއިދަކަށް ވާއިރު، ވަކި ވަރަކަށް ބޮލުގެ އިސްތަށިގަނޑު ބެހެއްޓުމަކީ އަހުލާގީ މިންގަނޑު ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާން ކޮށްފައި ނުވާކަން އެޗްއާރުސީއެމްގެ ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ.
އެޗްއާރުސީއެމުން ވަނީ މިހާރު އަމަލުކުރާ ގާނޫނާއި ގަވައިދު އަދި އުސޫލުތަކުގައި ގައިދީންގެ ބޯކޮށުމާ ގުޅޭ ކަންކަން ހިމަނާފައި އޮތް ގޮތް އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލައި އިސްލާހުކުރުމަށް ކަމާގުޅޭ އިދާރާތަކަށް އަންގައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން އުޅޭގޮތުން އެޗްއާރްސީއެމް ކަންބޮޑުވެއްޖެ
2 މަސް ކުރިން
0
ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި
2 މަސް ކުރިން
0
ހާދިސާގެ ފުޓޭޖު ފުލުހުން އާންމު ކުރުމުން އިތުބާރު ގެއްލޭ: އެޗްއާރުސީއެމް
2 މަސް ކުރިން
0
މަރުކަޒީ ޖަލާއި ހޯޕް އައިލެންޑް ތަރައްގީކޮށްދޭ ބަޔަކަށް ދ. ވާނީއާއި ފަޅުތަކެއް ދެނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި
17 ގަޑިއިރު ކުރިން
0
ކައުންސިލަރުންނަށް ހާއްސަ ހަތީބު ކޯހުގެ 50 ފުރުސަތަށް ހުޅުވާލައިފި
17 ގަޑިއިރު ކުރިން
0
މެޑަމް ސާޖިދާ ޔޫއޭއީއަށް ފުރާވަޑައިގެންފި
18 ގަޑިއިރު ކުރިން
0
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް ރައީސަށް ފޮނުވައިފި
19 ގަޑިއިރު ކުރިން
0