ޚަބަރު
ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
ތެލެސީމިއާ އަށް ހާއްސަ ފަރުވާ ދެވޭ ގޮތަށް އިމާރާތްކުރާ ހޮސްޕިޓަލްގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި ހޮސްޕިޓަލް އެޅުމަށް ހަވާލުކުރީ މެޑޯ އޭޝިއާ ކުންފުންޏާއި ޗިން ހިން ގްރޫޕް ބަރްހާދްއާ އެވެ.

ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ރޭ ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. ޗިންގެ ފަރާތުން ސޮއިކުރެއްވީ އެ ގުރޫޕް ސީއީއޯ ރޮޖާ ލިން އެވެ. އަދި މެޑޯ އޭޝިއާގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި އެމްޑީ ސްޓުއާޓް ޖޭ ވެނާ ޕެކް އެވެ.

މިމަޝްރޫއަށް ފައިސާ ހަމަޖައްސާފައިވަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިންގެ ފަރާތުންނެވެ. 

ހޮސްޕިޓަލްގައި ލެބޯޓަރީ އާއި ބްލަޑް ޓްރާންސްފިއުޝަން ޔުނިޓަކާއި ބްލަޑް އަދި އޯގަން ޓްރާންސްޕްލާންޓް ޔުނިޓެއްގެ ގޮތުން ރޭޑިއޮލޮޖީ ޑިޕާޓްމެންޓެއް ހަދާނެ އެވެ.

ތެލެސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު