
މި ދުވަސްވަރު ޗައިނާގައި ނޭވަލާ ނިޒާމުގެ ބަލިތައް އާދަޔާ ހިލާފަށް ގިނަވަމުންދާ ކަމަށާއި އިމަޖެންސީ ހާލަތު އިއުލާނުކޮށްފައިވާ ކަމަށް ފެތުރެމުންދާ ހަބަރާ ގުޅިން އެޗްޕީއޭ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ގައުމުގައި އިމަޖެންސީ ހާލަތު އިއުލާނުކޮށްފައި ނުވާ ކަމަށެވެ.ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއާ ހަވާލާދީ އެޗްޕީއޭ އިން ބުނީ، ޗައިނާގެ އެކި ހިސާބުތަކުގައި މިދިޔަ 2 ނޮވެމްބަރުން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.ފިނި މޫސުމާ ދިމާކޮށް ޗައިނާ އަދި ފިނި މޫސުން އަންނަ އެހެން ގައުމުތަކުގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާ ކަމަށާއި މިދިޔަ އަހަރާއި އަޅާބަލާއިރު ޗައިނާގައި މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދު ކަމަށް ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ކަމަށް އެ ގައުމުގެ ސީޑީސީއާ ހަވާލާދީ ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ.އެޗްޕީއޭއިން ބުނީ، މި ހާލަތު މޮނިޓާކުރަމުން އަންނަ ކަމަށެވެ.މި ދުވަސްވަރަކީ ވަރަށް ގިނަ މީހުން ޢުމްރާއިންނާއި އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށް ފަހު އެނބުރި އަންނަ ދުވަސްވަރުކަމުން، ނޭވާލާ ނިޒާމުގެ ބަލިތައް މި ދުވަސްވަރު ރާއްޖޭގައި ވެސް އިތުރުވެދާނެ ކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ.އެހެންކަމުން ސަމާލުކަންދިނުން މުހިންމު ބައެއް ކަންކަން: