
އެ ހޮސްޕިޓަލްގައި އެމްއާރްއައިގެ ހިދުމަތް ފަށާފައިވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ދިމަވެފައިވާ ގެއްލުމެއް ވެސް ބަލައިލެވޭ އެމްއާރްއައިގެ ހިދުމަތާއެކު ޕީއާރުޕީގެ ޚިދުމަތްވެސް ވަނީ ފަށައިފައެވެ. ޕްލޭޓްލެޓް ރިޗް ޕްލާޒްމާ، ޕީއާރުޕީގެ ޚިދުމަތަކީ އިންސާނާގެ ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ޓިޝޫތައް ރަނގަޅުކުރުމަށް ދެވޭ ފަރުވާގެ ހިދުމަތެވެ.ރައީސް ޑރ. މުއިއްޒުގެ ވައުދުވެވަޑައިގެންނެވި ގޮތައް އުނފާރު ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކުރެއްވުމަށް ހެލްތް މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ބައްލަވައި އެކަން ބާރު ސުޕީޑުގައި ކުރައްވާނެ ކަމަށް މިނިސްޓަރީން މައުލޫމާތު ދެއެވެ.ހިދުމަތްދޭތާ 40 އަހަރުވެފައިބާ އުނގުފާރު ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އެތަނުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ހިތުގެ ބަލިތަކުގެ ފަރުވާ އާއި މެމޯގްރަފީގެ ހިދުމަތާއި ސީޓީ ސްކޭންގެ ހިދުމަތް ހިމެނެއެ ވެ. މީގެ އިތުރުން ދަތުގެ ފަރުވާ އާއި އީއެންޓީގެ ހިދުމަތް ޒަމާނީ ވަޞީލަތްތަކާއެކު ފުޅާކޮށްފައިވެ އެވެ.