
މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ޖޫން 5 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަައި ދެއްވި ފަސް މިލިއަން މަޝްރޫއާ ގުޅޭ އެންމެ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަޝްރޫއުގެ ދަށުން މިހާތަނަށް 498،968 ގަސް އިންދާފައިވެ އެވެ.ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 5،219،456 މިލިއަން ގަސް އިންދަން ނިންމާފައިވެ އެވެ.މި މަޝްރޫއުގައި ގަސް އިންދުމުގައި ބޮޑަށް އިސްކަން ދެނީ ރާއްޖެއިން ނެތެމުންދާ އަދި މަދުކަމަށް ފާހަގަކުރެވޭ ގަސްގަހެވެ. މި ޕްރޮގްރާމުގެ ދަށުން ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުން ވެސް ގަސް އިންދުމަށް ނިންމާފައިވެ އެވެ. އެގޮތުން އެޗްޑީސީ އާއި އެމްޕީއެލުން އެއް މިލިއަން ގަސް އިންދުމަށް ނިންމާފައިވާ އިރު، އެސްޑީއެމް ފާމުން 750،000 ގަހާއި އާރުއޭސީއެލް އިން 60،000 ގަސް އަދި ސްޓެލްކޯ އިން 500،000 ގަސް އިންދުމަށް ވަނީ ނިންމައިފަ އެވެ.މީގެ އިތުރުން ވެސް އެކިއެކި ފަރާތްތަކުން 1.3 މިލިއަނަށް ވުރެ ގިނަ ގަސް އިންދުމަށް ހަމަޖެހިފައިވެ އެވެ.ފަސް އަހަރުގެ ދައުރުގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އޭގެ ބޭނުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް މަސައްކަތް ކުރުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.