ޚަބަރު
ޓެކްސް ފްރީ ޒޯނަކާ އެކު ކުދި ވިޔަފާރިތަކަށް ގިނަ ލުއިތަކެއް ދެނީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓެކްސް ފްރީ ޒޯންތަކެއް ގާއިމްކޮށް، ޓެކުހާ ގުޅޭ ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ.

ސަރުކާރުން ދޭ ކުދިއަދި މެދުފަންތީގެ އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ތަކެތި އުފައްދަން އެތެރެކުރާ ސާމާނުން ކުރިއަށް އޮތް ފަސް އަހަރަށް އިމްޕޯޓް ޑިއުޓީ ކަނޑާލުމާއެކު، ޓެކްސް ދެއްކުމުގެ ނިޒާމުގެ ތެރެއިން އެފަދަ ވިޔަފާރިތަކަށް ލުއިފަސޭހަވާނެ މުހިންމު ނިންމުންތަކެއް ސަރުކާރުން ނިންމައިފިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް އަންނައިރު، ރާއްޖޭގެ ޖީޑީޕީގައި އުފެއްދުންތެރިކަމުގެ ދާއިރާއިން ހިއްސާކުރާ މިންވަރު 15 އިންސައްތަ އަށް އިތުރުކުރުން ކަމަށެވެ.

މި އަމާޒަށް ވާސިލުވުމަށް، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީތަކަށް) ސަރުކާރުން ދޭން ނިންމާފައިވާ މައިގަނޑު ތިން ލުޔެއް ގެނެސް ދިނުމެވެ. 

އިމްޕޯޓް ޑިއުޓީ ކަނޑާލުން - 1 ޖަނަވަރީ 2027 އިން ފެށިގެން 5 އަހަރު ދުވަހަށް، އުފެއްދުންތައް ތައްޔާރުކުރަން އެތެރެކުރާ ރޯމެޓީރިއަލްސް އިން 0 އިންސައްތައިގައި ޑިއުޓީ ނެގުން.

ޓެކްސް އޮފްސެޓް ކުރުން -
ސަރުކާރަށް މަސައްކަތްކޮށްދީ ފައިސާ ނުލިބި ހުރިނަމަ، އެ ފައިސާއިން ޓެކްސް އާއި އަޅައިކިޔައި ކަނޑައިދޭ ގޮތަށް ހަމަޖެއްސުން.

ޓެކްސް ތްރެޝްހޯލްޑް މަތިކުރުން - ޓެކްސްއަށް ރަޖިސްޓްރީ ކުރަންޖެހޭ މިންވަރު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަދަލުގެނައުން. މިހާރު 500،000ރ. އާ ހަމައަށް ވިޔަފާރި އަރާނަމަ ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަން ލާޒިމް ކުރޭ

"މީގެ ބޭނުމަކީ އާންމު ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދެވެވޭނެ ގޮތް ހެދުން. އަމިއްލަ ފައިމައްޗަށް ތެދުވެ، އާމްދަނީ ހޯދޭނެ ގޮތްތައް، އުފެއްދުންތެރިކަމުގެ މަސައްކަތްތައް ކުރެވޭނެ މަގު ފަހިކޮށްދީ، ބިނާކުރަނިވި، ހަރުދަނާ، ދެމެހެއްޓެނިވި މަސައްކަތްތައް ކުރެވޭނެ ގޮތެއް ހެދުން،" ރައީސް ވިދާޅުވި އެވެ.

"އޭގެ ސަބަބުން އެ ފަރާތްތަކަށާއި ގައުމަށް އޭގެއިން ފައިދާވާނެ ކަންކަން ކޮށްދިނުން. މިއީ ވަށައިޖެހޭ ގޮތުގައި ތަރައްގީ ހާސިލްކުރެވޭނެ ގޮތަކީ."

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު