ވިޔަފާރި
ކުކުޅު ފިހާރައިން ހިލޭ ކުކުޅު ކޭސް ލިބޭ ޕްރޮމޯޝަނެއް ފަށައިފި
"ކުކުޅު ފިހާރަ" އިން ހިލޭ ކުކުޅު ކޭހެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ. 

އެފިހާރައިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކަރީ ކަޓް / ކޮށި ކުކުޅު ޗިކަންގެ 10 ކޭސް ގަތުމުން 1 ކޭސް "ހިލޭ' ލިބޭނެ ކަމަށެވެ. އިތުރަށް ބުނީ ކުކުޅުގެ ސައިޒް ތަކުން މިކްސްކޮށް ކޭސް ނެގި ނަމަވެސް 10 ކޭސް ކަރީކަޓް ޗިކަން އަށް 11 ކޭސް ލިބޭނެ ކަމަށެވެ.

ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބެން ހުރެ އެވެ. 

ކުކުޅު ފިހާރައިން ރާއްޖޭގެ ރިސޯޓްތަކަށް ވެސް ސަޕްލައި ކުރާތީ ކޮލިޓީ އަދި ފްރެޝް ސާމާނު ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަން ދެއެވެ. އަދި އަތޮޅު ތެރޭގެ 87 ޕަސެންޓް ރަށްތަކަށް ވެސް ސަޕްލައި ކުރަނީ ކުކުޅު ފިހާރައިން ނެވެ. 

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ވެސް ދެއެވެ.  

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ. ނިމުނު ރޯދަ މަހުވެސް އެފިހާރައިން ވަނީ ގިނަ މުދާ އަގުހެޔޮށް ދޫކޮށްފަ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
48%
26%
13%
13%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު