ޚަބަރު
ކެންސަރު ބަލީގައި ޑރ. ރަމްޝާ ނިޔާވެއްޖެ
ޑރ. ރަމްޝާ: އޭނާ ނިޔާވީ ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ތައިލެންޑްގައި -
އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރުގެ މަގާމު ފުރުއްވި ޑރ. ރަމްޝާ ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، އައިޖީއެމްއެޗްގައި ކުރިން މަސައްކަތް ކުރެއްވި ރަމްޝާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ، ކަރުންމަތީގެ ބައްޔަށް ހާއްސަވުމަށް ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކިޔަވާ ވިދާޅުވަމުން ދަނިކޮށެވެ. އެހެންވެ، އޭނާ ގެންދެވީ ބެންކޮކްގައި އެކަމަށް ފަރުވާ ހޯއްދަވަމުންނެވެ.

ރަމްޝާ ނިޔާވީ ކިޔެވުން ފުރިހަމަ ކުރެއްވުމަށް ބެންކޮކްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާއަކީ ކުރިން ރާއްޖޭގައި އުފެދުނު އަންހެން ދުވުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ މީހެކެވެ. އޭނާ ވަނީ ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލު ކުރައްވައިފަ އެވެ.

ކެންސާ ސޮސައިޓީގެ ބޯޑު މެންބަރެއްގެ ގޮތުގައި ވެެސް ހުންނެވި ޑރ. ރަމްޝާ ވަނީ ބެންކޮކުގެ ބައެއް ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި ކެންސަރު ފަރުވާއަށް އެ ގައުމަށްދާ ދިވެހީންނަށް އެކި ގޮތްގޮތުން އެހީތެރިވެ ދިނެވެ.

މީހުންނާއި ވަރަށް ގުޅޭ / އުފާވެރި މިޖާޒެއްގެ ޑރ. ރަމްޝާ ވަނީ ކޮވިޑްގެ ދުވަސްވަރު ސިއްހީ މައުލޫމާތު ފެތުރުމުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކޮށް ފައެވެ. އޭނާއާއެކު މަސައްކަތް ކުރި ހުރިހާ މުވައްޒިފުން ވެސް ފާހަގަ ކުރާ ގޮތުގައި ޑރ. ރަމްޝާ އަކީ ކަންކަމުގައި އިސް ނަގާ ވަރަށް ހަރަކާތްތެރި / ބަލި މީހުންނަށް އެހީތެރިވުމުގައި ނަމޫނާ އެކެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު