ޚަބަރު
5 އަހަރަށްފަހު އައިޖީއެމްއެޗް މިސްކިތް އަލުން ހުޅުވައިފި
އައިޖީއެމްއެޗްގެ ހޮސްޕިޓަލު އަލުން ހުޅުވުން -- ފޮޓޯ/ އައިޖީއެމްއެޗް
މި ފެށޭ ރަމަޟާން މަހާއެކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ނަމާދުކުރަން ޚާއްސަކޮށް ކުރިން ހުރި ޖާގަ، އަލުން މިސްކިތެއްގެ ގޮތުގައި މިއަދު ހުޅުވައިފި އެވެ.

މި މިސްކިތް ހުޅުއްވާދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ހެލްތް ވަޒީރު ޑރ. ޢަބްދުﷲ ޙަލީލެވެ.

މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ހޮސްޕިޓަލެއްގައި މިސްކިތެއް ހުރުމަކީ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށާއި ބަލި މީހުންގެ އެހީތެރިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ތިބެ މިސްކިތެއްގައި ނަމާދުކުރެވޭ ގޮތް ވުމަކީ ބަލި މީހުންނަށާއި އެހީތެރިންނަށް މަޢުނަވީ ގޮތުންނާއި ރޫޙާނީ ގޮތުން ބޮޑު ހިތްހަމަޖެހުމަކާއި ބަލިން ރަނގަޅުވުމުގެ އުންމީދު ލިބޭނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

މީގެ ކުރިން 2019ވަނަ އަހަރު އެ ހޮސްޕިޓަލުގެ މިސްކިތް ވަގުތީ ގޮތުންވަނީ ބަންދުކޮށްފަ އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު