ޚަބަރު
ޗިކުންގުންޔާ ކޭސްތައް 134 އަކަށް، ގިނައީ މާލޭ ސަރަހައްދުގައި
ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ޗިކުންގުންޔާ ކޮންޓްރޯލް ނުވާކަމަށާއި، މިހާރު އެބަލީގެ 134 ކޭހެއް ރިޕޯޓުކޮށްފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް މާލެ ސަރަހައްދުން ޗިކުންގުންޔާގެ 130 ކޭސް ވަނީ ފެނިފަ އެވެ. ބާކީ ހަތަރު ކޭސް ފެނިފައި ވަނީ ހއ. އަތޮޅު، ބ. އަތޮޅު އަދި ށ. އަތޮޅުންނެވެ.

މާލެއިން މިހާތަނަށް 96 ޗިކުންގުންޔާގެ ކޭސް ފެނިފައިވާއިރު، ހުޅުމާލެއިން 34 މީހަކަށް ބަލި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗް.ޕީ.އޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި ބަލި އެންމެ ގިނައިން ޖެހިފައިނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 115 މީހުންނަކީ އުމުރުން 25 އަހަރުވެފައިވާ ފަރާތްތަކެވެ. އަދި ބާކީ 19 ކޭހަކީ އުމުރުން 25 އަހަރަށްވުރެ ދަށް ފަރާތްތައް ކަމަށް އެޗް.ޕީ.އޭއިން ފާހަގަކުރެއެވެ.

ޗިކުންގުންޔާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ބަލި ރަނގަޅުވި ނަމަވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު