ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އީވާ ވަކިކުރަން ހުށަހެޅި މައްސަލަ އާދީއްތަ ދުވަހު ނުބޭއްވޭނެ ކަމަށް އަންގައިފި
އަލީ ރާޒީ
08 ޖޫން 2023 - 14:31
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަޤާމުން ވަކިކުރުމުގެ ގަރާރު 11 ޖޫން 2023 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހު، މިހާރު އެދުވަހުގެ އެޖެންޑާއިން އެ މައްސަލަ ނަގައިފިއެވެ.
މަޖިލީހުގެ 50 މެންބަރުން ސޮއިކޮށް، އިވާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، މިދިޔަ މަހު ފަހުކޮޅު އެވެ. އަދި ކުރިން އެޖެންޑާކޮށްފައިވާ ގޮތުން މި މައްސަލާގައި ދިން 14 ދުވަސް ނޯޓިސް ހަަމަވުމާ އެކު، އަންނަ އާދިއްތަ ދުވަހު ޖަލްސާއެއް ބާއްވައިގެން އެ މައްސަލަ ކުރިއަށް ގެންދިޔުމަށް އޮތީ ނިންމައިފަ އެވެ.
ނަމަވެސް މަޖިލީހުގެ އަމީން އާންމު، ފާތުމަތު ނިޔުޝާ މިއަދު މެންބަރުންނަށް ފޮނުވި ސިޓީއެއްގައި ވަނީ އެ މައްސަލަ މިވަގުތަށް އެޖެންޑާއިން ނެގި ކަމަށް ވިދާޅުވެފަ އެވެ.
"ވީމާ، މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން ބަަހުސް ކުރުމުގެ ވަގުތު ކަނޑައަޅައި ނިމުމުން، އެ ގަރާރު އެޖެންޑާކުރެވޭނެ ތާރީހެއް ފަހުން އަންގާނެ ވާހަކަ ދެންނެވިން،" މަޖިލިހުގެ ބަޔާނުގައިވެ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެއެވެ. އެއީ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓެވެ. މަޖިލިހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 55 އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ 12 މެންބަރުންނާއެކު އީވާ ވެސް އެ ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވުމުންނެވެ. އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ.
އެމަނިކުފާނު ރިޔާސަތުން ދުރުކުރަން 56 މެމްބަރަކު ސޮއިކުރެއްވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
އިސްލާހީ މަސައްކަތުގައި ދެމި ހުންނާނަން: އަސްލަމް
8 ދުވަސް ކުރިން
0
މަޖިލީހުގެ ތަޅުމަށް ވަޑައިގެންނެވީ 10 މެންބަރުން، ޖަލްސާ ނުބޭއްވުނު
9 ދުވަސް ކުރިން
0
އިޒްރޭލުން ރަފަހްއަށް ހަމަލާދިނުން ކުށްވެރިކޮށް، ކުއްލި މައްސަލައެއް
9 ދުވަސް ކުރިން
0
ދާއިރާގެ ވޯޓުން މެންބަރުން ވަކި ކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
3 ގަޑިއިރު ކުރިން
0
މަސްތުވާތަކެއްޗާއެކު މާލެއިން 5 މީހަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން
0
ހޯރަފުށީ ހޮސްޕިޓަލާއި ގުޅޭ އަޕްޑޭޓް އޮޅުން ފިލުއްވައިފި
15 ގަޑިއިރު ކުރިން
0
އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި
15 ގަޑިއިރު ކުރިން
0