ދީން
އީދު ފާހަގަކުރަނީ ޝަހުވަތްތަކުގެ ފަހަތުން ދިއުމަށް ނޫން: ޚުތުބާ
އިސްލާމް ދީނުގައި އީދު ފާހަގަ ކުރުމަކީ ޝަހްވަތްތަކުގެ ފަހަތުން ދިއުމެއް ނޫން ކަމަށާއި އެއީ ﷲ ގެ ހައްދުތަކާއި ހުރުމަތްތައް ގިރާ ކުރުމަށް ހުޅުވައިލެވޭ ދޮރެއް ނޫން ކަމަށް އީދު ހުތުބާގައި ބުނެފިއެވެ.

އީދު ހުތުބާގައި ބުނެފައިވަނީ އިސްލާމީ އީދަކީ އެކަނިވެރިޔާ އޭނާގެ އާއިލާގެ މަތިން، ފަޤީރު މީހާ އޭނާގެ މުހުތާދުތަކުގެ މަތިން، ބީރަށްޓެހިމީހާ އޭނާގެ ރަށްޓެހިންގެ މަތިން އަދި ބިދޭސީ މީހާ އޭނާގެ ޤައުމުގެ މަތިން ހަނދާން ކޮށްދޭ ދުވަހެއް ކަމަށެވެ. އަދި މިއަދަކީ އެންމެނަށް މާތް ﷲ ހަނދުމަވާންވީ ދުވަސް ކަމަށެވެ.

"އިސްލާމީ އީދަކީ އެކަނިވެރިޔާ، އޭނާގެ އާއިލާގެ މަތިން، ބިދޭސީ މީހާ، އޭނާގެ ގައުމުގެ މަތިން، ބީރައްޓެހި މީހާ، އޭނާގެ ރައްޓެހިން މަތިން، ޔަތީމް ކުއްޖާ އޭނާގެ މައިންބަފައިންގެ މަތިން ހަނދާންކޮށްދޭ ދުވަހެވެ. މިއަދަކީ މި ހުރިހާ އެންމެންނަށް މާތް ހަނދުމަވާންވީ ދުވަހެވެ." ހުތުބާގައި ބުނެފައިވެއެވެ.

އަޟްހާ ޢީދު ޚުޡުބާގައި ބުނީ، އިސްމާޢީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ އަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއްކަމަށާއި، އެއީ ދަރީން މައިންބަފައިންނަށް ކިޔަމަން ގަންނަންޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށެވެ.

އިބްރާހީމްގެފާނު ދަރިކަލުން އިސްމާއީލްގެފާނު، ބަފައިކަލުންގެ ލޯތްބާއި ތަރުބިއްޔަތުގައި ބޮޑުފުޅުވެ އެކަލޭގެފާނަށް އެހީތެރިވެވަޑައިގެންނެވޭ ޢުމުރަށް އެޅުމުން އިބްރާހީމްގެފާނު އިމްތިޙާނު ކުރައްވަން މާތްﷲ އިރާދަކުރެއްވިއެވެ.

މިގޮތުން އިސްމާޢީލްގެފާނު ﷲ އަށް ޤުރުބާން ކުރައްވަން ޖެހިވަޑައިގަތުމުން އެކަމުގައި އިސްމާޢީލްގެފާނު ކިޔަމަންތެރިކަން ދެއްކެވިއެވެ. މާތް ﷲ އަށް ޓަކައި ގުރުބާން ކުރެއްވުމަށް އިސްމާޢީލްގެފާނު ކަރުފުޅުގައި ޚަންޖަރު ޖައްސާލެއްވުނު ހިނދު އެންމެފަހުން ﷲ ނިދާ އިއްވެވީ އިސްމާޢީލްގެފާނުގެ ބަދަލުގައި ކަންބަޅި ބަކަރިއެއް ކަތިލެއްވުމަށެވެ.

ޚުޡުބާގައި ބުނީ ޢަޟްހާ ޢީދުގައި އުޟްޙިޔާ ކަތިލާ ހިނދު އަހަރެމެންގެ ހަނދާނަށް ގެނެސްދެނީ، މި މަތިވެރި ޛިކުރާކަމަށެވެ. އަދި ﷲ ގެ ވަޖުހަފުޅަށްޓަކައި ހޭދަކުރުމުގެ ދަރުހެވެ. އަދި ކެތްތެރިވުމުގެ ދަރުސެވެ.

"އީދާއި ހައްޖަކީ ސުލްހަމަސްލަސްކަން ގެނުވައިދޭ އަޅުކަންކަމެވެ. ކޮންމެ ހައްޖެއްގައި ވެސް ހައްޖުވެރިއަކަށް ވެސް އަނެކާ އަށް ހުރުމަތްތެރިކޮށް ހިތަން ދަސްވެއެވެ." ހުތުބާގައިވެއެވެ.

އީދު ހުތުބާގައި ވަނީ އީދަކީ އުފާ ފާޅު ކުރުމުގެ ދުވަސް ކަން ފާހަގަކޮށް މި ދުވަސް ފާހަގަ ކުރަން ވާނީ ﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރެއިން ކަމަށް ބުނެފައެވެ. ކުޅިވަރު ކުޅުމާއި އުފާ ކުރުމާއި ކެއުން ބުއިމަކީ އީދުގެ އުފަލުގެ ބައެއް ކަމަށާއި އީދު ފާހަގަ ކުރަން ވާނީ ބަޔަކު ކޮޕީކޮށްގެން ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު