ޚަބަރު
ކޯލިޝަން ހަދަން އެމްޑީޕީން ވެސް އެމްއާރުއެމާ މަޝްވަރާކޮށްފި
އެމްއާރްއެމްއާ އެކު އެމްޑީޕީން ބޭއްވި ބައްދަލުވުމަށްފަހު އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓި --
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތްކުރުމަށް އެމްޑީޕީން މޯލްޑިވްސް ރިފޯމް މޫވްމަންޓް -- އެމްއާރްއެމްއާއެކު ރޭ މަޝްވަރާކޮށްފި އެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން އެމްއާރްއެމްގެ ރައީސް އަަދި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 2،979 އާ އެކު ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލެއްވި އަހުމަދު ފާރިސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިގުތިސާދީ، އިޖުތިމާއީ އަދި ސިޔާސީ އިސްލާހުތައް ގެނައުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތުތައް އެމްޑީޕީއާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި އަދުލު އިންސާފާއި ހަމަހަމަކަން އިތުރު ކުރުމަށާއި ގައުމީ އެއްބައިވަންތަކަން އަދި އެއްބައިވަންތަކަން ގާއިމްކުރުމަށް އެ ސިޔާސަތުތަކަކީ މުހިންމު ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ރޭގެ ބައްދަލުވުމުގައި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އިސްވެ ބައިވެރިވެވަޑައިގަތީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަރު ރަޝީދު ހުސައިން (ބިގޭ) އެވެ. އެމްއާރުއެމުންގެ ފަރާތުން އިސްވެ ހުންނެވީ އެ ޕާޓީގެ ނައިބު ރައީސް އާމިނަތު ނާދިރާ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް މަޝްވަރާތައް މިހާރު ދަނީ ކުރަމުންނެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު