ޚަބަރު
ދުންޔާ އަލުން ޕީޕީއެމްއަށް!

ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން، އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދުންޔާ ޕީޕީއެމްއާއި ގުޅިވަޑައިގަތީ މިއަދު ބޭއްވި ޕީޕީއެމް-ޕީއެންސީގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިންނެވެ. އަދި ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންނެވުމަށްފަހު އޭނާގެ ފޯމް ހަވާލު ކުރެއްވީ ޕީޕީއެމް ޕީއެންސީ ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.

ދުންޔާ މިހާތަނަށް ހުންނެވީ ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ލީޑަރަކަށެވެ. އެމްއެންޕީން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާޢީދުކުރެއްވުމަށް ނިންމަވާފައެވެ.

ދުންޔާއަކީ ޕީޕީއެމް އުފެއްދުމުގައިވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް ޕާޓީގެ ތެރޭގައި ރައީސް މައުމޫނާއި ރައީސް ޔާމީނާއި ދެމެދު އުފެދުނު މައްސަލަތަކެއްގެ ތެރެއިން އެކަމަނާ ވަނީ ރައީސް ޔާމީންގެ ކެބިނެޓުން އިސްތިއުފާދެއްވާފައެވެ. އޭގެފަހުންވެސް އެކަމަނާ ޕީޕީއެމްއަށް އަލުން ވަޑައިގެން ސަރުކާރާއި ގުޅުނެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދިޔައިރު އެކަމަނާ ވަނީ އަނެއްކާވެސް ސަރުކާރުން ވަކިވެ، އޭރުގެ އިދިކޮޅު ކެނޑިޑޭޓް ރައީސް ސާލިހަށް ތާއީދުކޮށްފައެވެ.

ދުންޔާއަކީ ހާރިޖީ ގުޅުންތަކުގެ ދާއިރާއިންނާއި ތަޖުރިބާއާއި އިލްމީގޮތުން ފުންނާބު އުސް ބޭކަނބަލެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު