ޚަބަރު
ދެން މިމަހުގެ 30 ގެ ކުރިން ނިޒާމީ ވޯޓެއް ނުނެގޭނެ: އީސީ
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ނުނެގޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިޚާބުތަކާއި އާންމު ގާނޫނުގައިވާ ގޮތުން އިންތިޚާބެއް ބޭއްވުމަށް ޓަކައި މަދުވެގެން 45 ދުވަސް ބޭނުންވާ ކަމަށެވެ.

އެއީ އިންތިޚާބަށް އިއުލާން ކުރުމާއި ރަޖިސްޓްރީ އާންމުކޮށް ޝަކުވާއަށް ހުޅުވާލުމާއި، ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލުމާއި އޮފިޝަލުން ތަމްރީނު ކުރުމާއި ކެމްޕެއިން ކުރުމާއި ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ތައްޔާރުކޮށް، ވޯޓު ކަރުދާސް ޗާޕުކުރުން ފަދަ ކަންތައްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާމު ބަދަލުކުރުމަށް ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން އީސީއަށް އެންގީ، ރިޔާސީ އިންތިޚާބުގެ މެދުތެރޭގައިކަން ހަބީބް ފާހަގަކުރެއްވިއެވެ. އަދި މަދުވެގެން 30 ދުވަހުގެ މުއްދަތެއް ލިބިއްޖެ ނަމަ އެފަދަ ވޯޓެއް ނެގިދާނެކަން އީސީން މަޖިލީހަށް އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ވޯޓާ ގުޅޭ ގޮތުން މަޖިލީހުން ނިންމަން، އީސީން އެދުނު ކަންތައްތައް މަޖިލީހުން ފުރިހަމަކޮށްފައިނުވާތީ ވޯޓު ނެގުމުގެ ފުރުސަތު މިހާރު ނެތް ކަމަށް ހަބީބް ވިދާޅުވިއެވެ.

"މިކަމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމަކަށް ވެފައި، މިކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކާ ނުލައި މިފަދަ ވޯޓަކަށް ދިޔުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ،" ހަބީބް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އީސީ އިން ފޮނުވާފައިވާ ސިޓީގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު މެޖޯރިޓީ އޮންނަ އެމްޑީޕީން ހުށަހަޅާފައި ވަނީ އެފަދަ ވޯޓެއް ނެގޭނީ ހުރިހާ ސިޔާސީ ޕާޓީތަކަކާއި މަޝްވަރާ ކުރުމަށްފަހުގައި، މަޖިލީހުގެ ދާއިމީ ކޮމެޓީއަކަށް މައްސަލަ ގެންގޮސް ރަގަޅަށް މައްސަލަ ކުރިއަށް ގެންގޮސްގެން ކަމަށެވެ. ދާއިމީ ކޮމެޓީއަށް އީސީގެ ބޭފުޅުންނާއި ކަމާ ގުޅުން ހުރި އެހެން އިދާރާތައް ހާޒިރުކޮށްގެން ކަމަށެވެ. އަވަސް އަރުވާލައިގެން ނިންމަން އުޅޭތީ އެކަމާ އެމްޑީޕީން ވަނީ ދެކޮޅު ހަދާފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު