ޚަބަރު
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންޒާރެއް ޔާމީނަށް!
11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޖަލު ހުކުމަށް ލުއިތަކެއް ދިނުމަށް އެކުލަވާލާފައިވާ އިގުރާރާއި ހިލާފު ވާ ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެމަނިކުފާނަށް އިންޒާރު ދީފިއެވެ.

އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔާމީނަށް ލުއި ދިން އިގުރާރާ ހިލާފަށް އަމަލުތައް ބަހައްޓަމުންދާ ކަން ފާހަގަކުރެވޭތީ އެއާ އެއްގޮތަށް އަމަލުކުރަން މިއަދު އިންޒާރު ދީފައިވާ ކަމަށެވެ. އަދި ތަކުރާރު ކުރާނަމަ އިގުރާރު ބާތިލް ކުރާނެ ކަމަށްވެސް އެންގިފައިވާ ކަަމަށް އޮފިޝަލް ވިދާޅުވިއެވެ. 

"އިގުރާރަށް އެއްގޮތަށް އަމަލުކުރުމަށް ރައީސް ޔާމީނަށް މިއަދު ވަނީ އިންޒާރު ދެއްވައިފައި. އަދި ތަކުރާރު ކުރައްވާ ނަމަ އިގުރާރު ބާތިލް ކުރެވޭނެ ކަމަށް ވަނީ އެންގިފައި،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ޔާމީން ހިލާފުވީ ކަންކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ކަރެކްޝަނުން ދީފައެއް ނުވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަށް ލުއިތަކެއްދީ، ރަށު ބަންދަށް މިދިޔަ ހޮނިހިރު ދުވަހު ބަދަލުކުރީ ކުރުން ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މަނާ ކަންތައްތަކެއް އިގުރާރެއްގައި ހިމެނުމަށްފަހު އެވެ. 

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގައި ބުނަނީ، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވާ، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެ އެވެ.

ނަމަވެސް ޕީޕީއެމުން ވަނީ ކުރިއާލައި އިއުލާނުކޮށްގެން ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތައް ބާއްވައި، އެ ޖަލްސާ ޓީވީތަކުން ލައިވް ވެސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު