ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިޒްރޭލާ ދެކޮޅަށް ރާއްޖެ އަށް ދައުވާ ކުރެވޭނެ: މައުމޫން ހަމީދު
އައިމިނަތު ޝިޔާޒާ
05 ނޮވެމްބަރ 2023 - 12:27
0
comments
މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު
Tweet
Telegram
ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ހޯދަން ރާއްޖެ އަށް އިޒްރޭލާ ދެކޮޅަށް ދައުވާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
އޭނާ ޓްވީޓާރ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ކަންކަމުގެ މައްޗަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ރާއްޖޭގެ އިހުތިސާސް ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންވެ، ފަލިސްތީނަށް އެހީވުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ މުޖުތަމައުގެ އިސްނަގަންދެން މަޑުކުރުމުގެ ބަދަލުގައި ފަލަސްތީނަށް ދެމުންދާ ބޮޑެތި ގެއްލުންތަކާއި ޖަރީމާތަކާ ދެކޮޅަށް ފަލަސްތީނަށް އެހީވުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް." ބާ ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ވަކީލް މައުމޫންގެ ޕޯސްޓްގައިވެ އެވެ.
އިޒްރޭލުން މިދިޔަ މަހުގެ 7 ގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ފެށި އަނިޔާވެރި އުދުވާނުގައި މިހާތަނަށް 10،000 އެއްހާ މީހުން ވަނީ ޝަހީދުކޮށްފަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
މިދިޔަ މަހު ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޒް ވެސް ވަނީ، އިޒްރޭލާއި ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ހަމާސްގެ ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ގާޒާގެ 2.3 މިލިއަން މީހުންނަށް ފެނާއި ކާބޯތަކެއްޗާއި ތެލާއި ކަރަންޓުގެ ސަޕްލައި ކަނޑާލާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ފަލަސްތީނުގެ ސަގާފަތާ ބެހޭ ވަޒީރުގެ ޝުކުރު ދިވެހިންނަށް
2 ދުވަސް ކުރިން
0
އދ.ގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރާއްޖެއިން ސަލާމަތީ މަޖިލީހަށް ގޮވާލައިފި
2 ދުވަސް ކުރިން
0
ދިފާއުގައި ކުރެއްވި ޕޯސްޓަށް ފަލަސްތީނު ސަރުކާރުގެ ޝުކުރު ދިވެހިންނަށް!
3 ދުވަސް ކުރިން
0
މިއީ އައިސީޖޭ އިން އިޒްރޭލަށް ފިޔަވަޅު އަޅަންވީ ވަގުތު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހޯރަފުށީ ހޮސްޕިޓަލާއި ގުޅޭ އަޕްޑޭޓް އޮޅުން ފިލުއްވައިފި
11 ގަޑިއިރު ކުރިން
0
އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި
12 ގަޑިއިރު ކުރިން
0
ދީމާ މުޅި ގައުމު ފަހުރުވެރިކޮށްދީފި: ރައީސް
13 ގަޑިއިރު ކުރިން
0
ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލައިފި
13 ގަޑިއިރު ކުރިން
0