ޚަބަރު
މެމްބަރުންގެ އިމްތިޔާޒަށް އަފީފު އަަރައިގަތް ކަމަށް ބުނެ ސުލޫކު ކޮމެޓީއަށް
ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފު ކަމަށް ކަނޑައަޅައި އެ މައްސަލަ ބޭރު ކޮށްލަން މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ނިންމެވުމަކީ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމުގެ ތުހުމަތާ އެކު މައްސަލަ ބަލަން އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފި އެވެ.

މި މައްސަލަ ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 12:00 އަށެވެ. މައްސަލަ ހުށަހެޅީ ކޮން މެމްބަރެއްކަން ސާފުނުވިޔަސް، މި މައްސަލަ ތާވަލުކޮށްފައިވާކަން މަޖިލީހުގެ މީޑިއާ ގްރޫޕްގައި ވަނީ ހާމަކޮށްފަ އެވެ. 

އަފީފްގެ އިމްތިޔާޒުގެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އެ މައްސަލައިގެ ގަރާރު ހުށަހަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނަވާ އެ ގަރާރު މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރު އަފީފް ބޭރުކޮށްލީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ މަޖިލީހުން އަމީންއާންމު ފާތިމަތު ލިއުޝާ ލަފާ ދެއްވާފައި ވަނިކޮށެވެ.

މީގެ ކުރިން ވެސް ނަޝީދު ވަކިކުރުމުގެ ގަރާރު އެކި ފަހަރު މަތިން ގެންދަން މަސައްކަތްކޮށްގެން ވެސް އެ ކަން ކުރެވޭ ގޮތެއް ވަނީ ނުވެފަ އެވެ.




 

ކިޔުންތެރިންގެ ޝުއޫރު
83%
0%
17%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު