ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނޫސްވެރިންނަށް ހިލޭ ސްކޯލަރޝިޕް ދެނީ
އަލީ ރާޒީ
14 ނޮވެމްބަރ 2023 - 14:22
0
comments
Tweet
Telegram
މީޑިއާ ހިންގުމަށް ހާއްސަ މީޑިއާ ވިލެޖެއް މާލެ ސަރަޙާއްދުގައި ތަރައްގީކޮަށްދެއްވާނެކަމަށް އިންތިހާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންތިހާބީ ރައީސް ވަނީ ރޭ ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. މީޑިއާގައި މަސައްކަތްކުރާ ގިނަ ބަޔަކު ބައިވެރިވި އެ ބައްދަލުވުމުގައި މުއިއްޒު ވަނީ ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައިފަ އެވެ.
އެ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އާއި ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ބައިވެރިވެވަޑައިގަތެވެ.
ނޫސްވެރިންގެ ބައެއް ކަންބޮޑުވުންތައް
• މާލީ ގޮތުން ކުރިމަތިވާ ކޮންޖެހުންތައް
• ނޫސްވެރިންނަށް ޓްރެއިނިން ޕްރޮގްރާމްތައް ނެތުން
• ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެވޭނެ ފުރުސަތު ނެތުން
• ސަރުކާރުން މީޑިއާތަކަށް ނުފޫޒު ފޯރުވުން
• މައުލޫމާތު ހާމަކުރުމާގައި ހުރި މައްސަލަތައް
އެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އިންތިހާބީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މީޑިއާތައް ހިންގުމަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި އެއީ އެއް ދުވަހުން ހައްލު ގެނެވޭނެކަމެއް ނޫންކަން ފާހަގަކުރައްވަމުން އިންތިޚާބީ ރައީސް ވަނީ އެކަމަށް ޚާއްޞަ ޕްލޭނެއް އެކުލަވާލައްވައި ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މާލެ ސަރަހައްދުން އެކަށީގެންވާ ފެސިލިޓީއެއް ގާއިމްކުރުމުގެ ގޮތުން، މީޑިއާ ވިލެޖެއް ގާއިމްކޮށްދެއްވާނެކަމަށް އިންތިހާބީ ރައީސް ވިދާޅުވިއެވެ.
"މިހާރު ތިބޭފުޅުން މަސައްކަތްކުރައްވަނީ ތަންތަން ކުއްޔަށް ހިފައިގެން. މިއީ މިހާރުން މިހާރަށް ހައްލުކުރެވޭނެކަމެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތްކުރާނީ ކުރިއަށް އޮތްތަނުގައި ގްރޭޓަރ މާލޭ ރީޖަންގައި މީޑިއާތަކަށް ޚާއްސަ މީޑިއާ ކްލަބެއް، މީޑިއާ ވިލެޖެއް ޤާއިމުކުރުން." އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ރައީސް މުއިއްޒަކީ މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ވެސް ނޫސްވެރީންނާއި ގާތްގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނު ގެންގުޅުއްވީ ފޮރުވުމެއް ނެތް ދެ ފުށް ފެންނަ ސިޔާސަތެއް ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ގަޑިއިރު ކުރިން
0
ރޯދައިގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދޭން ރައީސް ނިންމަވައިފި
2 ދުވަސް ކުރިން
0
ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް: ރައީސް
2 ދުވަސް ކުރިން
0
ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް
2 ދުވަސް ކުރިން
0
ޕީއެސްއެމްގެ ޑިރެކްޓަރ ފައިނޭންސް، ހަނީފް މަސްއޫލިއްޔަތުން އެކަހެރިކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވިޔަފާރި ރެޖިސްޓްރޭޝަން މަރުހަލާ އަވަސްކުރަން ޕޯޓަލްއެއް
2 ގަޑިއިރު ކުރިން
0
އޯއައިސީ ސަމިޓްގައި ރައީސްގެ މަންދޫބެއްގެ ގޮތުން ޑރ. ޝަހީމް
3 ގަޑިއިރު ކުރިން
0
ތިލަފުށީ ދެ ފިޔަވަހިން ދިވެހިންނަށް އަނެއްކާ ވެސް ބިން ވިއްކަނީ
3 ގަޑިއިރު ކުރިން
0
ޑރ. ރަމްޝާ ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
3 ގަޑިއިރު ކުރިން
0