ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރާއްޖޭގައި އެއިޑްސް ބައްޔަށް ފަރުވާ ހޯދާ 22 މީހުން
އަލީ ރާޒީ
01 ޑިސެމްބަރ 2023 - 16:43
0
comments
Tweet
Telegram
ރާއްޖޭގައި މިވަގުތު އެއިޑްސް ބައްޔަށް ފަރުވާ ހޯދަމުންދާ 22 މީހުން އެބަތިބިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފި އެވެ.
ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން ރާއްޖޭގެ އެޗްއައިވީގެ ހާލަތު ބަޔާންކޮށް އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭން އެބަލި ޖެހުނު 40 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި 34 ފިރިހެނުންނެވެ.
އޭގެ ތެރެއިން 15 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު މި ވަގުތު 22 މީހުން ބައްޔަށް ފަރުވާހޯދަމުންދާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް ބާކީ ތިން މީހުންނަށް ވީ ގޮތެއް ރިޕޯޓުގައި ބުނެފައެއް ނެތެވެ.
އާބާދީގެ ގޮތުން ކުޑަ ރާއްޖޭގެ މުޖުތަމައުގައިވެސް އެއިޑްސް ބައްޔަށް މަގުފަހިވާ ނޭދެވޭ އެތައް އާދަތަކެއް ހަރުލާފައިވުމުގެ ކަންބޮޑުވުން ސިއްޙީ ދާއިރާއިން ފާހަގަކުރެއެވެ. ފުރާނައަށް ނުރައްކާވެދާ މިބަލިން ސަލާމަތްވުމަށް ރައްކާތެރިކަމަށް ސަމާލުވުމާއެކު ޓެސްޓުކުރުމަށް ސިއްޙީ މާހިރުން އިރުޝާދުދެއެވެ.
ބަލި ފެތުރޭ ގޮތްތަކަށް ބަލާއިރު، ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާ ތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުމުން އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް ސިއްހީ ފަރާތްތަކުން ހާމަކުރެއެވެ. އަދި މީގެއިތުރުން އެޗް.އައި.ވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރުއާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހިދާނެއެވެ. އަދި އެޗް.އައި.ވީ ޖެހިފައިވާ މީހެއްގެ ލޭ ގަޔަށް އެޅުމުންވެސް މި ބަލި ޖެހިދާނެއެވެ.
އޭޑްސް އަކީ އެޗްއައިވީ ވައިރަސްގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރެވެ.
މި އަހަރުގެ އޭޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ލެޓް ކޮމިއުނިޓީސް ލީޑް" މި ޝިއާރެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ދުވަސް ކުރިން
0
އޭޕްރިލް މަހު ޑެންގީގެ 244 ކޭސް ރިޕޯޓުކުރި: އެޗްޕީއޭ
10 ދުވަސް ކުރިން
0
ސިއްހީ ހިދުމަތްތެރިންގެ އަގުވައްޓާނުލަން މެޑިކަލް އެސޯސިއޭޝަނުން އެދިއްޖެ
19 ދުވަސް ކުރިން
0
ހުރިހާ އަތޮޅު ހޮސްޕިޓަލުގައި މިއަހަރު ޑައިލިސިސް ހަދަން ފަށަނީ
22 ދުވަސް ކުރިން
0
އިންޑިއާގެ ހަވާދު ބްރޭންޑްތަކެއް ރާއްޖޭގައި މަނާކޮށްފި
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާނީ މިމަހު 31ގައި
3 ގަޑިއިރު ކުރިން
0
އީރާނުގެ ރަައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ރައްކާތެރި ނޫން ގޮތަކަށް ޖައްސައިފި
4 ގަޑިއިރު ކުރިން
0
ޕަބްލިކް ސްޕީކިން ރަނގަޅު ކުރަން މިދަނީ މަސައްކަތް ކުރަމުން :ފައިސަލް
8 ގަޑިއިރު ކުރިން
0
ފާރު ވެއްޓި އަނިޔާވި ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް
10 ގަޑިއިރު ކުރިން
0