ޚަބަރު
އަންނަ އަހަރުގެ ހުރިހާ ދުވަހަކު ވެސް ކައިވެނި ކޮށްދޭ ގޮތަށް ހަމަޖައްސައިފި
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ފެމިލީ ކޯޓުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އަންނަ އަހަރު ކައިވެނި ކޮށްދޭ ވަގުތުތައް ހާމަކޮށްފަ އެވެ.

ރަސްމީ ދުވަސްތަކުގައި ކޯޓުން ކައިވެނި ކޮށްދޭ ވަގުތުތަކަކީ:

  • 09:00 އިން 11:30 އަށް.
  • 13:00 އިން 13:30 އަށް.
  • 15:00 އިން 21:00 އަށް.
އަދި، ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތަކަކީ ހަފުތާގެ ކޮންމެ ދުވަހެއްގެ 15:00 އިން 21:00 އަށް ކަމަށް ފެމިލީ ކޯޓުން މައުލޫމާތު ދެއެވެ.

އަންނަ އަހަރު ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ މެންދުރުފަހު 3:00 އިން ރޭގަނޑު 9:00އާ ހަމައަށެވެ. ނަމަވެސް ރިސޯޓު ނުވަތަ ސަފާރީތަކުގައި ކައިވެނިކޮށް ދޭނެ ވަގުތު ކަނޑައަޅާނީ ކައިވެނިކުރުމަށް އެދި ހުށަހަޅާ ފަރާތުން އެކަމަށް ހުށަހެޅުމުން ކަމަށް އެ ކޯޓުން ބުންޏެވެ.

ފެމިލީ ކޯޓުން ބުނީ، ރޯދަ މަސް އަދި ޝައްވާލު މަހުގެ ފުރަތަމަ ހަފުތާގައި ކައިވެނިކޮށްދޭނެ ވަގުތުތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ބައެއް އަހަރުތަކުގައި ރަސްމީ ބަންދު ދުވަސްތަކުގެ ތެރެއިން ބައެއް ދުވަސްތަކުގައި ކައިވެނި ނުކޮށްދޭ ގޮތަށް ފެމިލީ ކޯޓުން ނިންމައެވެ. އެގޮތުން އެ ކޯޓުން މިއަހަރުގެ އަލްހާ އީދާ ގުޅިގެން ބައެއް ދުވަސްތަކުގައި ކައިވެނިކޮށްދީފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު