ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ވިލިމާލޭގެ ކަރަންޓު އަޕްގްރޭޑުކުރަން ސްޓެލްކޯއާ އެކު އެއްބަސްވުމެއް
އައިމިނަތު ޝިޔާޒާ
27 ޑިސެމްބަރ 2023 - 00:17
0
comments
ވިލިމާލޭގެ ކަރަންޓު އަޕްގްރޭޑުކުރަން ސްޓެލްކޯއާ އެކު ތިމާވެއްޓާ ބެހޭ ވުޒާރާ އިން އެއްބަސްވުން
Tweet
Telegram
ވިލިމާލޭގައި ދެމުންދާ ކަރަންޓްގެ ހިދުމަތް އަޕްގްރޭޑްކުރުމަށް މަޝްރޫއެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަށް އެންވަޔަރަންމަންޓް މިނިސްޓްރީއާއި، ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހިމެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީނެވެ.
މި ދެ މަޝްރޫއު ކުރިއަށް ގެންދަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.
އެއްބަސްވުމުގެ ދަށުން ކުރާނެ މަސައްކަތްތައް
ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ހުރި ގޮންޖެހުންތައް ބެލުން،
މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުން،
ހައްލުކުރުމަށް ކުރަންހުރި މަސައްކަތްތައް ބެލުން،
ކުރިއަށް އޮތް 20 އަހަރު ދުވަހަށް ޑިމާންޑް އިތުރުވާނެ މިންވަރު ދެނެގަތުން،
ކެޕޭސިޓީ އިތުރުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި އިންވެސްޓްމަންޓްތައް ދެނެގަތުން،
ކުރަންޖެހޭ މަރާމާތުތައް ކުރުން،
ނިޒާމު މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް މަޝްރޫޢެއް އެކުލަވާލުން
މަޝްރޫއު ތަންފީޒުކުރާނެ ގޮތުގެ އެކްޝަންޕްލޭން ތައްޔާރުކުރުން
ވިލިމާލޭ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ވިލިމާލޭގެ ފެނާއި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ތަރައްގީކުރެވިގެން އަންނައިރު ވިލިމާލޭގެ ހުސް ބިންތަކުގައި އިތުރު އިމާރާތައް އަޅާ މިހާރު ހުރި އިމާރާތްތައް އިތުރައް އުސްކުރެވޭނެ ކަމަށެވެ. މިމަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.
"ސްޓެލްކޯއާއި އެމްޑަބުލިއުއެސްސީއަކީ ގްރޭޓާރ މާލެ ރީޖަންގައި މި ދެ ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތް. މި ފަދަ މަސައްކަތްތަކަކީ އަޅުގަނޑުމެންގެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭކަމަކަށް ވާތީ މި ދަނީ މި ދެ ފަރާތާއެކީ ވަރަށް ގާތުން މަސައްކަތް ކުރަމުން. އެ މަސައްކަތް ކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި މި ދެ ޚިދުމަތް ފޯރުކޮށްދިނުން.." ޠާރިޤް އިބްރާހިމް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
8 ދުވަސް ކުރިން
0
ޑިސްކައުންޓް ދިނުމުގެ ކުރިން ބިލު ދެއްކި މީހުންނަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް
11 ދުވަސް ކުރިން
0
އައިސީއާރްސީގެ ސަރަހައްދީ ވެރިޔާ، ނައިބް ރައީސްއާ ބައްދަލުކުރައްވައިފި
11 ދުވަސް ކުރިން
0
ރޯދައިގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދޭން ރައީސް ނިންމަވައިފި
11 ދުވަސް ކުރިން
0
އަންނަ މަހު ވެސް ބިލު ބޮޑުވާނެ ކަމަށް ބެލެވޭ: ސްޓެލްކޯ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސަރުކާރުން އެދިގެން އިންޑިއާއިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
5 ގަޑިއިރު ކުރިން
0
ޓެކްސް ކޮމިޝަނަރު ކަމަށް ޒަރީރު އައްޔަން ކުރަން ފާސްކޮށްފި
5 ގަޑިއިރު ކުރިން
0
ބްލޫ ބޮންޑަކީ ދެމެހެއްޓެނިވި އިންވެސްޓްމަންޓުތަކަށް ފައިސާ ހޯދުމަށް ރަނގަޅު މަގު: ސައީދު
6 ގަޑިއިރު ކުރިން
0
އަހަރުގެ މިހާތަނަށް ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތަށް
6 ގަޑިއިރު ކުރިން
0