ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމައިފި
އައިމިނަތު ޝިޔާޒާ
27 ޑިސެމްބަރ 2023 - 21:08
0
comments
ހެލްތު މިނިސްޓަރު ޑރ. އަބްދުالله ޚަލީލް --- ފޮޓޯ: އެކްސް/ މިނިސްޓަރު ޑރ. އަބްދުالله ޚަލީލް
Tweet
Telegram
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުالله ހަލީލް މިރޭ ވިދާޅުވެއްޖެ އެވެ.
މިކަން ހާމަކޮށް ސިއްހަތާ ބެހޭ ވުޒާރާއިން ކުރި އެކްސް ޕޯސްޓެއްގައި ބުނީ، މި ހޮސްޕިޓަލު އެޅުމުގެ އަމަލީ މަސައްކަތް މި ފެށޭ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.
އަދި 3 އަހަރު ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ނިންމާ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށްވެސް ސިއްޙީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވި އެވެ.
އަދި މި ހޮސްޕިޓަލް ތަަރައްޤީ ކުރެވިގެންދާނީ ތިމާވެއްޓާ ވެސް ރައްޓެހިގޮތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ ވިލިމާލޭގައި އަލަށް އަޅާ ހޮސްޕިޓަލަކީ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއްކަމަށާއި، މުހިއްމު ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށެވެ. ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. ޗައިނާ ސަރުކާރުގެ އިސް ވަފްދެއް މިއަދު ވަނީ ވިލިމާލޭ ހޮސްޕިޓަލަށް މިއަދު ޒިޔާރަތްކުރައްވާ އެތަނުގެ ޙާލަތު ބައްލަވާލައްވާފަ އެވެ.
މިވަގުތު ވިލިމާލެ ހޮސްޕިޓަލް ހިންގަމުންދަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ބެލުމުގެ ދަށުންނެވެ. އެ ހޮސްޕިޓަލުގައި ޖާގަ ދަތިކަމުގެ ޝަކުވާ ހޮސްޕިޓަލް ހިންގުމާ ހަވާލުވެގެން ތިބޭ ފަރާތްތަކުން ކުރެއެވެ.
ވިލިމާލެ ހޮސްޕިޓަލްއަކީ 24 ގަޑިއިރަށް ޚިދުމަތްދޭ ހޮސްޕިޓަލެއް ނަމަވެސް އެތަނުން ލިބެމުން އަންނަނީ މަދު ޚިދުމަތްތަކެކެވެ. މިވަގުތު އެ ހޮސްޕިޓަލްގައި ޚިދުމަތްދެނީ 5 އެނދުގެ އިމަޖެންސީ ރޫމަކާއި، ބަލިމީހުން ބެލުމަށް ޚާއްޞަ 3 ކޮޓަރިއާއެކުއެވެ. އެ ހޮސްޕިޓަލުގައި އޮޕަރޭޝަން ތިއޭޓަރެއްވެސް ނެތެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ހުރިހާ އަތޮޅު ހޮސްޕިޓަލުގައި މިއަހަރު ޑައިލިސިސް ހަދަން ފަށަނީ
5 ދުވަސް ކުރިން
0
އިންޑިއާގެ ހަވާދު ބްރޭންޑްތަކެއް ރާއްޖޭގައި މަނާކޮށްފި
25 ދުވަސް ކުރިން
0
ސިއްހަތަކީ ހަމައެކަނި ފަރުވާގެ ހިދުމަތެއް ނޫން: ޑރ. ހަލީލް
1 މަސް ކުރިން
0
17 ރަށަށް ބޭނުންވާ ލެބޯޓްރީ އިކުއިޕްމެންޓު ހޯދަން ޗައިނާއާއެކު އެއްބަސްވުމެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އުނައިސް އައްޔަންކޮށްފި
58 މިނެޓް ކުރިން
0
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި
1 ގަޑިއިރު ކުރިން
0
އައްޑޫސިޓީގައި ހިންގި ސްޕާއަކުން ބަޔަކު ހައްޔަރު ކޮށްފި
1 ގަޑިއިރު ކުރިން
0
ފިލައިގެން މާލެ އައި ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށްފި
3 ގަޑިއިރު ކުރިން
0