ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ވިލިމާލެއަށް އަޅާނުލާ އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެންނާނެ: ހެލްތު މިނިސްޓަރު
އައިމިނަތު ޝިޔާޒާ
03 ޖެނުއަރީ 2024 - 15:31
0
comments
Tweet
Telegram
ވިލިމާލެއަށް އަޅާނުލާ އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެންނާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ، އެ ހިދުމަތް ތައާރަފު ކުރުމުން އެ އަވަށަށް ކޮށްދޭން ހުރި މަސައްކަތްތައް ނުނިމޭ ކަމަށެވެ. މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ސީ އެމްބިއުލާންސްގައި އިތުރު އާލާތްތައް ހަރުކުރަން ޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވިލިމާލެއަކީ އަޅާނުލައި އޮތް ތަނެއްގެ ގޮތުގައި އޮތް އޮތުން، ނިމުމަކަށް ގެންދާނެކަން ފާހަގަ ކުރައްވައި ހަލީލް ވިދާޅުވީ، މި ސަރުކާރުން ވިލިމާލެ ތަރައްގީ ކޮށްދޭނެ ކަމަށެވެ.
"ޒަމާންތަކެއް ވަންދެން ތި ބޭފުޅުން ކުރައްވަމުން ގެންދެވި ޝަކުވާ، ކުރިން ވެސް އަޅުގަނޑު ދަންނަވާލި ގޮތަށް އަޅައިނުލެވި އޮތް ސަހަރެއް ގޮތުގައި މި އަވަށް އޮތް އޮތުން އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ނިމުމަކަށް އަންނަތަން ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ޚަލީލް ވިދާޅުވި އެވެ.
އައު ހޮސްޕިޓަލު އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ވިލިމާލޭގެ ހޮސްޕިޓަލް ހިންގާ ބިމުގައެވެ. ނަމަވެސް، އެކަށީގެންވާ ޖާގަ ނުލިބޭ ނަމަ، ޓާޝަރީ ހޮސްޕިޓަލް އަޅާނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގާ ތަން ތަޅާލުމަށް ފަހުގަ އެވެ.
އެގޮތުން މިހާރު ހުރި ހޮސްޕިޓަލް ތަޅާލާ ނަމަ، ވަގުތީ ގޮތުން ކްލިނިކެއް ނުވަތަ ސިއްހީ މަރުކަޒެއް ހުޅުވާނެކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.
އަލަށް އަޅާ ޓާޝަރީ ހޮސްޕިޓަލް ތަަރައްގީ ކުރެވިގެންދާނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަމަށް ހެލްތް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ސިއްހީ ދާއިރާ އިތުރަށް ފުރިހަމަ ކުރުމަށް މި ސަރުކާރުގެ އެޖެންޑާގައި ހިމަނާފައިވާ ކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ އެކަންކަން ވެސް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކެބިނެޓު ވަޒީރުން ތިބީ 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި. އަޅުގަނޑުމެން އެދެނީ މި މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދެއްވުމަށް. އެއީ އަޅުގަނޑުމެން ތިބެގެން ކިތަންމެ މަސައްކަތެއް ކުރިޔަސް މިކަން ފުރިހަމަވާ ތަނެއް ނުފެންނާނެ ރައްޔިތުންގެ ބައިވެރިވުން ނެތިއްޔާ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުން ބޭނުންވާ ހިދުމަތްތަކަށް އެދި، އެކަންކަން ސަރުކާރާއި ހަމައަށް ގެނައުމަކީ ލިބޭނެ ފަސޭހައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވިލިމާލެ ހޮސްޕިޓަލުގެ ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް، ވަސީލަތްތައް ފުރިހަމަ ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ހުރިހާ އަތޮޅު ހޮސްޕިޓަލުގައި މިއަހަރު ޑައިލިސިސް ހަދަން ފަށަނީ
4 ދުވަސް ކުރިން
0
އިންޑިއާގެ ހަވާދު ބްރޭންޑްތަކެއް ރާއްޖޭގައި މަނާކޮށްފި
25 ދުވަސް ކުރިން
0
ސިއްހަތަކީ ހަމައެކަނި ފަރުވާގެ ހިދުމަތެއް ނޫން: ޑރ. ހަލީލް
1 މަސް ކުރިން
0
17 ރަށަށް ބޭނުންވާ ލެބޯޓްރީ އިކުއިޕްމެންޓު ހޯދަން ޗައިނާއާއެކު އެއްބަސްވުމެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިފްކޯގެ ސީއީއޯ އެ ކުންފުނީގެ މުވައްޒަފުންނަށް މޭޑޭގެ ތަހުނިޔާ ފޮނުއްވައިފި
10 ގަޑިއިރު ކުރިން
0
އެމްޓީސީސީއަށް ފުރަތަމަ ކުއާޓަަރުގައި 664 މިލިއަން ރުފިޔާގެ އާމްދަނީއެއް
10 ގަޑިއިރު ކުރިން
0
14 އަހަރުގެ ކުއްޖަކު ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެއަށް!
10 ގަޑިއިރު ކުރިން
0
ކުޑަގިރި މިހާރަށް ވުރެ ފުރިހަމަ އަށް ތަރައްގީ ކުރަނީ
11 ގަޑިއިރު ކުރިން
0