ޚަބަރު
އަމީނީ މަގުގައި ތާރު އަޅައި ނިންމާލައިފި
ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާ އަމީނީ މަގުގެ ފަހު 2 ސެގްމަންޓްގެ ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ނިންމާލައިފިއެވެ. އާރުޑީސީން މި މަސައްކަތް ނިންމާލާފައިވަނީ 28 ދުވަހުންނެވެ.

މި ސަރުކާރު ހަވާލުވުމަށް ފަހު އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ މަހު 9 ގަ އެވެ. އޭގެ ފަހުުން ވިއްސާރަ އާ ގުޅިގެން ދުވަސްތަކެއް ވަންދެން މަސައްކަތް މެދުކެނޑިފައި އޮތެވެ.

ނަމަވެސް މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަދަން ފެށި އަމީނީ މަގުގެ ސެގްމަންޓެއް މިހާ ބާރު ސްޕީޑުގައި ނިންމައިލި ފުރަތަމަ ފަހަރެވެ.

އަމީނީ މަގު ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ އިރު ސަރުކާރުން ވަނީ މާލޭގެ ހުރިހާ މަގެއް ހިމެނޭހެން ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރެއްވުމަށް ނިންމަވާފަ އެވެ. އަދި ފެން ހިންދާ ނިޒާމުވެސް މަރާމާތުކޮށް ރަނގަޅުކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވެ އެވެ.

އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާ އަށެއެވެ.
 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު