ވިޔަފާރި
އާރްއޭސީއެލް އަމާޒު: 3 އަހަރުން ސަރުކާރަށް ފައިދާވާ ކުންފުންޏަކަށްވުން
އާރްއޭސީއެލްގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަކުރުން -- ފޮޓޯ: އާރްއޭސީއެލް
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އަކީ ޖެނުއަރީ 11، 2021 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި 100 ޕަސެންޓު ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އާރްއޭސީއެލްގެ އަމާޒަކީ ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި އަމިއްލަ ފައި މައްޗަށް ތެދުވެ، ކުރިމަގު އުޖާލާ، ސަރުކާރަށް ފައިދާވާ އަދި ރައްޔިތުންނަށް އިތުބާރުހިފޭ ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏަކަށް ވުމެވެ.

އާރްއޭސީއެލްއިން 3 އަހަރު ތެރޭ ހާސިލްކޮށްފައިވާ ބައެއް ކަންކަން:

  • ސިވިލްއޭވިއޭޝަންގެ މިންގަނޑުތަކަށް ހުރިހާ އެއަރޕޯޓުތަކެއް ފައްތާ ސެޓްފިކެޓްތައް އާ ކުރުން.
  • އެއާޕޯޓުތަކުގެ އެކްސްރޭ މެޝިންތައް ބަދަލުކޮށް ރެފިސްކޭން ބްރޭންޑް ޕާޓްނަރުކަން ހޯދުން.
  • ސެކިއުރިޓީ މެޝިންތައް ބެލެހެއްޓުމަށްޓަކައި މުވައްޒަފުން ބޭރަށްފޮނުވައިގެން ތަމްރީނުކުރުން.
  • ސިވިލްއޭވިއޭޝަންއިން ޤަބޫލުކުރާ ފެންވަރުގެ 14 ޓްރެއިނަރުން ތައްޔާރުކުރުން.
  • ކުންފުނީގެ ބެލެހެއްޓުމުގެ ދަޝުން ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުން.
  • ހަނިމާދޫ އިންޓްނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ބިއަ މަޝްރޫޢު ފަށާ ބަލަހައްޓަމުން ގެންދިއުން.
  • ރާއްޖޭގެ ފުރަތަމަ ފަޔަރ ސިމިއުލޭޓަރ ހޯރަފުށީ އެއަރޕޯޓުގައި ގާއިމްކުރުން.
  • ކުޅުދުއްފުށި އެއަރޕޯޓުގެ ރަންވޭ ލައިޓްސް ހަރުކޮށް 24 ގަޑިއިރު ޚިދުމަތްދޭ އެއާޕޯޓަކަށް ވަނީ ބަދަލުކޮށްފައި.
  • ހޯރަފުށި އެއަރޕޯޓުގައި ރަންވޭ ލައިޓްސް ގާއިމްކޮށް ޓެސްޓިންގް ފޭސްއާއި ހަމަހަށް ދިއުން.
  • "ހަފްތާ 14 މަގުޗާޓާއި" ކުޅުދުއްފުށި އެއަރޕޯޓްގެ ޕަސެންޖަރ ޓަރމިނަލްގެ ޙިދުމަޓްތައް ފުޅާކުރުމަށްޓަކައި ބަޔަކު ހޯދަން ހުޅުވާލުން.
  • އާރް.އޭ.ސ.ީއެލް އާއި ކުޅުދުއްފުށި ކައުންސިލާއެކު ކުޅުދުއްފުށި އެއަރޕޯޓް އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސްބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްޤީކުރުމަށް އެމ.ްއ.ޯޔޫއެއްގައި ސޮއިކުރުން.
އާރްއޭސީއެލުން ޖުމްލަ ހަ ޑޮމެސްޓިކް އެއާޕޯޓަކާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބަލަހައްޓަމުންދާ ކުންފުންޏެވެ. މިއަދު ޖުމްލަ 400 މުވައްޒަފުންނާއި އެކު ހިންގަމުންދާ އާރްއޭސީއެލުން ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފަ އެވެ. 

އާރްއޭސީއެލް ގެ ތިން ވަނަ އަހަރީ ދުވަސް ކުންފުނީގެ ހެޑް އޮފީހުގަޔާއި ރީޖަނަލް އެއަރޕޯޓްސްތަކުގައި ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ.  

މި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މުބީން ފާހަގަ ކުރެއްވި ގޮތުގައި، މިކުންފުނި އުފައްދައި ކުންފުންޏާއި އެއަރޕޯޓްތައް ހަވާލުކުރެވުނު އިރު އޮތީ ވަރަށްވެސް ދަށް ހާލަތެއްގައެވެ. އެހެންނަމަވެސް، މިއަދު ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ކުރި ހީވާގި މަސައްކަތްތަކުން ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް މުބީން ފާހަގަކުރެއްވިއެވެ.

އެގޮތުން ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް އެއަރޕޯޓްތައް ފައްތައި، ސެކިއުރިޓީގެ ކަންކަން އިތުރަށް ތަރައްޤީކޮށް، އިންހައުސް ޓްރެއިން ދެވޭ ފެންވަރަށް މީހުން ބިނާކުރެވި އަދި ދަތުރު ކުރާ ފަރާތްތަކަށް ދެވޭ ޙިދުމަތްތައް ވަނީ ފުޅާކުރެވިފަ އެވެ.

އަހްމަދު މުބީން ކުންފުންޏާއި ހަވާލުވެވަޑައިގެން ފަހުން އިތުރު ކޮމާޝަލީ ވައިބަލް ވާ މަޝްރޫއުތަކަށް އިންވެސްޓްކޮށް 3 އަހަރު ތެރޭ ނިމުމަކަށް ގެނެސް ފައިދާ ނެރޭނެ ކުންފުންޏަކަށް ހެދުމަށް އެ ކުންފުނީގެ ގަވަރނިން ބޯޑާއި ހީވާގި މުއައްޒަފުން އަންނަނީ ވަރަށްވެސް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު