
ރިޕޯޓުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވާ އެއް މައްސަލައަކީ މިދިޔަ އަހަރު ޖީޑީޕީގެ 123 ޕަސެންޓަށް އަރާފައިވާ ދައުލަތުގެ އާންމު ދަރަނި ބޮޑުތަނުން އުފުލިގެން ދިއުމެވެ. 123 ބިލިއަނާ އެއްވަރުގެ މި ބިރުވެރި އަދަދުން ދައްކުވައިދެނީ އަޅާނުލާ ދޫކޮށްނުލެވޭނެ ބޮޑު މާލީ ބުރައެކެވެ. ހަރުދަނާ މާލީ އިސްލާހުތަކެއް ނެތި، އިންޓަރެސްޓް ބޮޑު ބޭރުގެ ދަރަންޏަށް ބަރޯސާވުމަކީ ކުރިއަށް އޮތްތަނުގައި މާލީ ގޮންޖެހުންތައް ރާއްޖެއަށް އިތުރަށް ބޮޑުވާނެ ކަމެކެވެ.ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި އެވްރެޖްކޮށް ދަރަނި އަނބުރާ ދެއްކުމަށް ބޭނުންވާ މިންވަރު ބޮޑުއިރު، މި އަހަރާއި އަންނަ އަހަރު 512 މިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި 2026 ވަނަ އަހަރު 1.07 ބިލިއަން ޑޮލަރަށް އަރާނެ އެވެ."ދަރަނި މެނޭޖުކުރަން ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ރާއްޖޭގެ ދަރަނި މިހާރު އިތުރުވަމުންދާ ނިސްބަތަށް ބަލާ ދަރަނި މެނޭޖުކުރުމަކީ މެދު ރާސްތާގައި ވެސް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ،" ވޯލްޑު ބޭންކުން ބުންޏެވެ.ބޭރުގެ ދަރަންޏަށް ރާއްޖޭގެ އިގްތިސޯދު ބަރޯސާވެފައިވާއިރު، އިގްތިސޯދުގައި ކޮންމެހެން ގެންނަން ޖެހޭ ފިސްކަލް އިސްލާހުތައް ނުގެނެސް ލަސްވުމަކީ އިގްތިސޯދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ވެސް ވޯލްޑު ބޭންކުން ބުންޏެވެ.އެހެންކަމުން، މާލީ އިސްލާހުގެ އެޖެންޑާ ހަލުވިކަމާއި ފައިދާހުރި ގޮތެއްގައި ތަންފީޒުކުރުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަމައެއާއެކު، މުޖުތަމައުގެ ފަގީރު އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ޓާގެޓްޑް ސަބްސިޑީތަކަށް އިސްކަން ދޭން ޖެހޭނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމަކީ ވަޒީފާގެ ސަބަބުން މާލީ ދަތިކަން ކުޑަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.ރާއްޖޭގެ އިގްތިސޯދު ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރަން އަވަސް ފިޔަވަޅުތައް އަޅަން ގޮވާލައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދައުރު އިގްތިސޯދުގައި ކުޑަކޮށް އަމިއްލަ ކުންފުނިތަކަށް ފުރުސަތު ބޮޑުކުރަން ވެސް ވޯލްޑު ބޭންކުން ވަނީ ރާއްޖެ އަށް ލަފާދީފަ އެވެ.މިފަދަ އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ތަރައްޤީވެފައިވާ ޤައުމުތަކުގެ މިސާލުތަކަށް ބަލާއިރު، ސަރުކާރަށް ވިސްނާލެވޭނެ ބައެއް ސްޓްރެޓެޖީތައް އެބަހުއްޓެވެ. މިސާލަކަށް؛އިޤްތިޞާދު ތަފާތުކުރުން: