ހުނައިދާ ޔާސިރު
16 ސެޕްޓެމްބަރ 2026 - 09:55
0 comments
އެމަނިކުފާނުގެ ވެސް އަދި ކޮންގްރެސް ޕާޓީގެ ވެސް އިތުރު އެޖެންޑާއެއް ނެތް ކަމަށާ އޮތީ ގައުމީ އެޖެންޑާއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ މަސްލަހަތުގެ ކުރިއަށް ގައުމު އިސްކުރަން ޖެހުނަސް، އެގޮތަށް އިދިކޮޅު ޕާޓީން އަމަލުކުރާ ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ސިޔާސީ ގޮތުން ގެއްލުންދޭން ކުރާ މަސައްކަތުގައި ގައުމަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ތަން ކަމަށް ވިދާޅުވި އެވެ.މިއީ ގަސްތުގައި ކުރާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމަކު އެދިވަޑައިގަންނަވަނީ މިކަމުގައި ވިސްނައި އިދިކޮޅު ޕާޓީން ވެސް ގައުމު އިސްކުރަން ކަމަށް ވިދާޅުވި އެވެ.
"ހިނގާށޭ ގައުމީ ކަންކަމުގައި އެންމެން އެކައްޗެއް ކިޔަމާ. އެޔޭ މި ގައުމަށް ސްޓެބިލިޓީ، ހަމަޖެހުން އަންނާނެ ގޮތަކީ. ހަމަޖެހުން އަަޅުގަނޑުމެން ގެންނަން ބޭނުންވަނީ ހަގީގީ މާނައިގައޭ، އަޅުގަނޑުމެންގެ ތެރޭގައި މިކަހަލަ ކަންކަމަށް އެކައްޗެއް ކިޔާ ނަމަ މިގައުމަށް ހަމަޖެހުން އަންނާނެ،" ރައީސް ވިދާޅުވި އެވެ.ސަރުކާރުން ފަށަން ތައްޔާރުވެފައިވާ "އިޙްތިރާމް އަދާކުުރުމުގެ ޤައުމީ ކެމްޕެއިން" ގައި ބައިވެރިވަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީއެންސީން އެކަނި ކަމަށާ އެކަން އެހެންވީ ކީއްވެގެންތޯ ރައީސް ވަނީ ސުވާލު ކުރައްވާފަ އެެވެ.ރައީސްގެ ތަގުރީރުގައި އެމަނިކުފާނު ވަނީ ހުރިހާ ރައްޔިތުން ވެސް "އެންމެ ފުރަތަމަ ގައުމު" އިސްކުރުމަށް ގޮވާލައްވާފަ އެވެ.