ޚަބަރު
ޒުވާނުން ހަތީބުންނަކީ ރާއްޖޭގެ އިސްލާމީ ވެއްޓަށް އުޖާލާކަން ދޭނެ ދަންމަރުތަކެއް: ރައީސް
 ޒުވާނުން ހަތީބުންނަކީ މުޅި ރާއްޖޭގެ އިސްލާމީ ވެއްޓަށް އުޖާލާކަން ދޭނެ ދަންމަރުތަކެއް ކަމަށާއި އެއީ ދިވެހިންގެ އިސްލާމީ އަހުލާގަށް އަރޯކަން ދޭނެ މުރައްބީންތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.  

ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމާ ދިމާކޮށް ބޭއްވި ޒުވާން ހަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިސްލާމް ދީން ކުރިއެރުވުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ތަން ފެނުމަކީ އުފަލެއް ކަމަށާއި އެކަމުގައި ޒުވާނުންގެ ރޫހާއި އަޒުމުގައި ދިރުންވާ ކަމަށެވެ. 

"މުޖުތަމައުގެ ސިކުނޑި އީމާންތެރިކަމުގެ ނޫރުން އުޖާލާ ކުރުމުގައި ތިޔަ ކުދިންގެ ޒުވާންކަމުގެ އުޖާލާ ދޯދިތައް އިންތިހާއަށް މުހިންމު،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ޒުވާނުން ހަތީބުންނަކީ މުޅި ރާއްޖޭގެ އިސްލާމީ ވެއްޓަށް އުޖާލާކަން ދޭނެ ދަންމަރުތަކެއް ކަމަށާއި އެއީ ދިވެހިންގެ އިސްލާމީ އަހުލާގަށް އަރޯކަން ދޭނެ މުރައްބީންތަކެއް ކަމަށެވެ. އަދި ޒުވާނުން ހާތިބުންނަކީ މުސްތަގުބަލުގައި ފިކުރީ ސިކުނޑި ބައްޓަން ކުރާނެ އެނދުންތަކެއް ކަމަށެވެ. 

އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ޒުވާން ހަތީބުންނަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ ޝަހުސިއްޔަތުންތަކަކަށްވުން ކަމަށް ވެސް ވިދާޅުވި އެވެ. 

ހަތްސަތޭކައަށްވުރެ ގިނަ ޒުވާން ޚަތީބުން ރާއްޖޭގައި ތިބިކަން ފާހަގަކުރައްވައި، ރައީސް ވަނީ، ޒުވާން ޚަތީބުންނަކީ މުޅި ރާއްޖެ އިސްލާމީ ވެއްޓަށް އަލިކަން ދޭނެ ދަންމަރުތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު