ވިޔަފާރި
ހޮން ކޮން އެއާލައިނުން މިއަދު ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފަށަނީ
ހޮންގް ކޮންގް އެއާލައިންސްގެ ދަތުރުތައް މިއަދު އަލުން ފަށާއިރު، ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނީ މިރޭ 7:35 ހާއިރު އެވެ.

މިއަދުން ފެށިގެން މި ދަތުރުތައް ކޮންމެ ބުދަ، ހުކުރު އަދި އާދީއްތަ ދުވަހަކު އޮޕަރޭޓްކުރުމަށް ހަމަޖެހިފަައި ވެެވެ.

މިއީ ރާއްޖޭގައި ޗުއްްޓީ ހޭދަކޮށްލަން އަންނަން ބޭނުންވެފައިވާ ފަރާތްތަކަށް ފަސޭހަ އަދި "ބަޖެޓް ފްރެންޑްލީ" އޮޕްޝަނަކަށް ވެގެން ދާނެެެއެވެ.

ހޮންގް ކޮންގް އެއާލައިންއިން ރާއްޖެއަށް ދަތުރު ފެށީ 2011ގަ އެވެ. އެއީ ހަމައެކަނި ޗާޓަޑް ދަތުރުތަކެވެ. އަދި ޝެޑިއުލް ދަތުރުތައް 2018ގައި ފަށައި ކޮވިޑް-19 ބަލިމަޑުކަމާ ހަމައަށް ކުރި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު