ޚަބަރު
ރާއްޖެއަށް ޑްރަގް އެތެރެކުރި ކަމަށް ތުހުމަތުވާ ދެމަފިރިންގެ ބަންދަށް
ރާއްޖެއަށް ޑްރަގު އެތެރެ ކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ދެމަފިރިންގެ ބަންދަށް 15 ދުވަސް ޖަހައިދީފި އެވެ.

ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ދެމީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ.

ބަންދު އަމުރުގައިވާ ގޮތުން 27 އަހަރުގެ ފިރިހެން މީހާ އާއި 20 އަހަރުގެ އޭނާގެ އަންހެނުންގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ހަ ޕެކެޓްތަކެއް ފެނިފައިވާ ކަމަށެވެ، އެ ތަކެތި ރެސިމޭޓަށް ޕޮޒިޓިވްވެފައިވެފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 994 ގްރާމް ހުރި ކަމަށް ތަހުލީލުން ދައްކާ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

އޭގެ އިތުރުން ފިރިހެން މީހާގެ އެ ފިރިހެން މީހާގެ ކުޑަކަމުދާ ތަކެތި ސީއޯސީ، ޓީއެޗްސީ އަދި ބެންޒޯއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.

ފިރިހެން މީހާ ވަނީ އެ ދަބަހަކީ އޭނާގެ ލަގެޖެއް ނޫން ކަމަށާއި އެއީ މީހަކު ހަވާލު ކުރި ލަގެޖެއް ކަމަށް ޝަރީއަތުގައި ބުނެފައެވެ. ނަމަވެސް އެ ދަބަހުން އެ ދެމަފިރިންގެ އަންނައުނު ފެނިފައިވާ ކަމަށް އަމުރުގައިވެ އެވެ.

މީގެ އިތުރުން އަންހެން މީހާ ވަނީ އޭގައި ހުރި މަސްތުވާތަކެއްޗާއި އޭނާއާ ގުޅުމެއް ނެތް ކަމަށްވެސް ބުނެފައެވެ. އެ އަންހެން މީހާގެ އަތް ދަބަހެއްގެ ތެރެއިން 1،751 ޑޮލަރު ވެސް ފެނިފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު