ޚަބަރު
ވެމްކޯގެ އަހަރީ ދުވަހާ ގުޅިގެން ފެބްރުއަރީ 1 ވަނަ ދުވަހު ކުނިނަގާ ގަޑިތަކަށް ބަދަލެއް
އަންނަ ފެބުރުއަރީ މަހުގެ އެކެއްވާ އަންގާރަ ދުވަހު ވެމްކޯއިން ކުނިނަގާ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.

ވެމްކޯ އިން އިން ބުނީ މާލެ ސަރަހައްދުގައި މި ބަދަލު ގެނައީ ފެބްރުއަރީ 1 ވަނަ ދުވަހު އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ކަންތައްތަކެއް އެ ކުންފުނިން ކުރަން ނިންމާފައިވާތީ މުވައްޒަފުންނަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ. އެގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ޓްރާންސްފާ ފެސިލިޓީސް، ކުނިނެގުމުގެ ހިދުމަތް އަދި ޑިސްޕޯސަލް ސައިޓްގެ ހިދުމަތް ދޭ ގަޑިތަކަށްވަނީ ބަދަލު ގެނެސްފަ އެވެ.

ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ބުރާސްފަތި ދުވަހު ވެރިރަށް މާލެގެ ޓްރާންސްފާ ފެސިލިޓީތަކުން ކުނިނެގުމުގެ ޚިދުމަތާއި ޑިސްޕޯސަލް ސައިޓުތަކުގެ ޚިދުމަތް ދިނުމަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މާލެ ހައުސްހޯލްޑް ކަލެކްޝަން އާންމުކޮށް އޮންނަނީ ހަވީރު 18:00އިން 23:00އަށް ނަމަވެސް ބުރާސްފަތި ދުވަހު އެ މަސައްކަތް ކުރިއަށްގެންދާނީ މެންދުރު 14:00 އިން ހަވީރު 17:00އަށެވެ.

މީގެ އިތުރުން ވެމްކޯއިން އެ ދުވަހު ޚިދުމަތް ފޯރުކޮށްދޭން ކަނޑައަޅާފައިވާ ގަޑިތަކަކީ:

  • މާލެ ވޭސްޓް ޓްރާސްފާ ސްޓޭޝަން: ހެނދުނު 8:00 އިން ހަވީރު 17:00އަށް
  • ކޯލް އެންޑް ޕިކަޕްގެ ޚިދުމަތްތައް: ހެނދުނު 9:00 އިން ހަވީރު 16:00އަށް
  • ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: ހެނދުނު 8:00 އިން ހަވީރު 17:00އަށް
  • ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން: މެންދުރު 12:00 އިން ހަވީރު 17:00އަށް
  • ފޭސް ދޭއް ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން: ހެނދުނު 7:00 އިން ހަވީރު 15:00އަށް
  • ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: ހެނދުނު 8:00 އިން ހަވީރު 17:00އަށް
  • ވިލިމާލެ ހައުސްހޯލްޑް ކަލެކްޝަން: މެންދުރު 14:00 އިން ހަވީރު 17:00އަށް
  • ތިލަފުށި ޑިސްޕޯސަލް ސައިޓް: ހެނދުނު 8:30 އިން ހަވީރު 17:00އަށް
ވެމްކޯއިން މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ކުނިނެގުމުގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު