ޚަބަރު
ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރަނީ
ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގަމުން އަންނަ ފީ ކުޑަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ފައްޓަވައިފިއެވެ.

ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިހާރު ނަގަމުން އަންނަނީ ޓަނަކަށް 1060 ރުފިޔާއެވެ. މި ފީ ކުޑަކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމަދު މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގެންފަ އެވެ.

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން މިހާރު ނަގަމުން އަންނަ ފީ ކުޑަކުރުމާއި އެކު ހެޔޮ އަގެއްގައި އެ ހިދުމަތް ލިބޭނެ ގޮތް ހެދުމަށްޓަކައި އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ނަގަމުން އަންނަ ފީ މުރާޖައާކުރެއްވުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި ވެމްކޯއިން ހުށަހަޅާފައިވާ ކަރުދާހާއި މެދު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

ހެޔޮ އަގެއްގައި އެކަން ކުރެވޭނެ ގޮތް ހޯއްދެވުމަށްފަހު އިކޮނޮމިކް ކައުންސިލަށް ހުށަހަޅަން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު