ޚަބަރު
ޔާމީނުގެ ރިޔާސަތުގައި ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބާއްވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ރިޔާސަތުގައި ޕީއެންއެފްގެ ފުރަތަމަ ސެނޭޓް ރޭ ބާއްވައިފިއެވެ. 

އެ ބައްދަލުވުން ރޭގެ ވަގުތެއްގައި ބޭއްވިކަން އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް މަލީހް ޖަމާލު ރޭ ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކުރައްވައިފަ އެވެ.

ރޭ ބޭއްވި އެ ބައްދަލުވުމުގައި ޕާޓީގެ އަސާސީ ޤަވާއިދުގައިވާ ހަތަރު ކޮމިޓީ އަކަށް މެންބަރުން ވަނީ އިންތިޚާބު ކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ ސުލޫކީ, އިސްތިއުނާފު, އީސީ އަދި މެމްބާރ އެފްއާޒް ކޮމިޓީއެވެ.

އިލެކްޝަންސް ކޮމިޝަނުން، ޔާމީން އިސްވެ އުފެއްދެވި ޕާޓީ ޕީއެންއެފް ރަޖިސްޓްރީ ކޮށްދީފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ޕީއެންއެފް އުފައްދަން ޖަލްސާ ބޭއްވީ މި މަހުގެ 10ވަނަ ދުވަހެވެ. ޔާމީީންއަކީ އެ ޕާޓީގެ ސެނެޓް މެންބަރެކެވެ. މަލީހް ހާމަކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި ޔާމީންގެ އަރިހުގައި ރިޔާސަތު މޭޒުގައި އެ ޕާޓީގެ ރައީސް އަދި އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ވެސް އިންނެވި އެވެ.  
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު