ޚަބަރު
ހުކުރު ހުތުބާ އިނގިރޭސިބަހަށް ތަރުޖަމާކޮށް ބިދޭސީންނަށް ލިބޭގޮތް ހަދައިފި
ރާއްޖޭގެ ހުކުރު ހުތުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށް ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މުސްލިމު އަޚުންނާއި އުހުތުންނަށް ލިބޭ ގޮތް ހަދައިފިއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މުސްލިމުންނަށް ރާއްޖޭގެ ހުކުރު ހުތުބާތައް ލިބޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އިސްލާމްދީނަކީ އާލަމީ ރިސާލަތެއް ކަމުގައެވެ. އަދި، އިސްލާމީ މެދުމިންކަމުގެ މަންހަޖާއި ސައްޙަ މައުލޫމާތު މުސްލިމުންނަށް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެއްކަން މިނިސްޓަރު ފާހަގަކުރެެއްވި އެވެ.

ހުކުރު ހުތުބާ އިނގިރޭސި ބަހަށް ތަޖުރަމާކުރަމުންދާނީ ބޭރުން ބަޔަކާ ޙަވާލުކޮށްގެން ނޫންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި އެވެ. އަދި މިކަން ކުރާނީ އެ ވުޒާރާގެ ވާޢިޒުން މެދުވެރިކޮށްކަމަށްވެސް ވިދާޅުވި އެވެ.

ހުކުރު ހުތުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށްގެން ނެރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާއިރު، ކުރިއަށްއޮތްތާނގައި އޮންލައިންކޮށްވެސް އިނގިރޭސި ތަރުޖަމާ ލިބޭނެ ގޮތް ހަދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު