ދުނިޔެ
ޒަމާނީ ޑުރޯން އިންޑިއާއަށް ދިނުމަށް އެމެރިކާ ނިންމައިފި
ޗައިނާއާ ދެކޮޅަށް އިންޑިއާ ސިފައިންނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމުގެ ގޮތުން 4 ބިލިއަން ޑޮލަރުގެ ޒަމާނީ ޑްރޯން ވިއްކުމަށް އެމެރިކާއިން އިއްޔެ ރުހުން ދީފި އެވެ.

ފްރާންސްގެ ނޫސް އެޖެންސީ އޭއެފްޕީ އިން ބުނާ ގޮތުގައި މި އެއްބަސްވުމަށް އާދެ ވުނީ އިންޑިއާއިން ވަކިވެގަތުމަށް މަސައްކަތްކުރާ ސިކުންގެ ލީޑަރަކު އަވަހާރަކޮށްލުމަށް ރޭވި ރޭވުމުގެ ސަބަބުން އިންޑިއާއަށް އެ ޑްރޯންތައް ހޯދުމުގައި ލަސްވުމެއް ކުރިމަތިވުމަށް ފަހުގަ އެވެ.

ރައީސް ޖޯ ބައިޑަންގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ އެކު ޑްރޯން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އިންޑިއާއާ ދެމެދު މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު، 31 އެމްކިއު ނައިންބީ ސްކައިގާޑިއަންސް ވިއްކާފައިވާކަން ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކޮންގްރެސްއަށް ރަސްމީކޮށް އަންގާފަ އެވެ.

މި ޑްރޯންތަކަކީ ޖެނެރަލް އެޓޮމިކްސް އިން އުފައްދާފައިވާ ޑްރޯންތަކެއް ކަމަށާއި މިއީ އެންމެ ފަހުގެ ޕްރިޑޭޓަރ ޑްރޯންތަކެއް ކަމަށްވެސް ބޭރުގެ މީޑިއާތަކުން ބުނެއެެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޑްރޯންތަކުގެ ސަބަބުން އިންޑިއާގެ މިހާރުގެ ނުރައްކާތަކާއި ކުރިއަށް އޮތް ތަނުގައި ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު