ކުޅިވަރު
ބައްސާމުގެ ޕާސްޕޯޓް ދޫކޮށެއް ނުދިން
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓް ވަގުތީ ގޮތުން ވިޔަސް  ދޫކޮށްލެވެން ނެތް ކަމަށް  ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބައްސާމްގެ ޕާސްޕޯޓް މިދިޔަ ޑިސެންބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ހިފެހެއްޓީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ.

މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަކަށް ބައްސާމް ވަނީ ކޯޓުގައި އެދިފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ގާޒީ މިއަދު ނިންމާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރު މުރާޖާ ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އެކަމަށް ދެކޮޅު ހެދީ އެފްއޭއެމްގެ ފަރާތުން އެހެން މީހަކު ވެސް އެ ބައްދަލުވުމަށް ދިއުމުގެ ފުރުސަތު އޮތުމާއި ބައްސާމްގެ ޕާސްޕޯޓް ދޫކުރަން އޭއެފްސީ އާއި ސްޕޯޓްސް ކޮމިޝަނަރު ނުވަތަ އެފްއޭއެމްއިން ވެސް ރަސްމީކޮށް އެދިފައިނުވާތީ ކަމަށެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި ބައްސާމްގެ ފަރާތުން ހުށަހެޅި ކަންކަމާއި ދައުލަތުގެ ވާހަކަތަކަށް ރިއާޔަތްކޮށް، ބައްސާމްގެ ޕާސްޕޯޓް ދޫނުކުރަން ކޯޓުން މިއަދު ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާތަކުގެ މައްސަލާގައި އެފްއޭއެމްއަށް މިދިޔަ އަހަރު ފުލުހުން ވަދެ، ބައެއް ލިޔުންތައް ވެސް ގެންދިޔަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު