ވިޔަފާރި
ޗައިނާގެ ޒިއަމަން އެއަރގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި
ޗައިނާގެ ފޫޖިއަން އިން ރާއްޖެއަށް އައި ފްލައިޓުގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- ފޮޓޯ: ޓޫރިޒަމް
ޗައިނާގެ ޒީއޭމަން އެއާލައިން އިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ފަތުރުވެރިންނާއެކު ޒިއަމަން އެއަރގެ ފްލައިޓް MF8017 ރާއްޖެއަށް ފުރަތަމަ ދަތުރުކޮށްފައި ވަނީ މިއަދެވެ.

މި ފްލައިޓުން ރާއްޖެ ޒިޔާރަތްކުރި ފަތުުރުވެރިންނަށް ސަގާފީ ބޮޑުބެރާ އެކުގައި ހޫނު މަރުހަބާ އެއް ކިިޔާފައިވާއިރު، މާ ހިމެނޭ ގޮތަށް ހާއްސަ ހަދިޔާ ޕެކެއް ހަދިޔާކޮށްފައިވެ އެވެ.

ކުރިއަށް އޮތްތަނުގައި ވެސް ޗައިނާގެ އާ އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފެށުމަށް މަސައްކަތް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. މިވަގުތު ބެއިޖިން ކެޕިޓަލް އެއާލައިނާއި ޗައިނާ އީސްޓާން އާއި ޝީޒުއާން އެއާލައިނުން ވެސް އަންނަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ވަނީ 40،000 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އެއީ ރާއްޖެއަށް ޓޫރިސްޓުން އަންނަ މާކެޓުތަކުގެ 14 ޕަސެންޓެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު