ޚަބަރު
އިޖުތިމާއީ ބޭނުންތަކަށާއި ދިރާސާކުރުމަށް 25 ފަޅުރަށެއް ކައުންސިލްތަކަށް ދޫކުރަނީ
25 ފަޅު ރަށެއް ކައުންސިލްތަކަށް ދޫކުރަން ނިންމާ، ކައުންސިލްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ކޮށްފައިވާ އިއުލާނުގައި ބުނީ މި ފަޅުރަށްތައް ދޫކުރަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން ކަމަށެވެ. ގަވާއިދު ބުނާގޮތުން، ރަށްތަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށެވެ.

މި ގަވާއިދަކީ ދިރާސާ ކުރުމަށާއި އިޖުތިމާއީ ބޭނުންތަކަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރެވޭގޮތަށް، "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު"ގެ ނަމުގައި މިދިޔަ އަހަރު ގެޒެޓްކުރި ގަވާއިދެކެވެ.

ދޫކުރަން ހުޅުވާލާފައިވާ 25 ރަށަކީ:

ހދ. ފަރިދޫ
ހދ. ހިރިނައިދޫ
ށ. ނަރުރިނބުދޫ
ށ. މިގޫދޫ
ނ. ދީފުރަމް
ނ. އިނގުރައިދޫ
ރ. ހިބޫދޫ
ރ. ހުޅުދޫ
ރ. ނެޔޮ
ބ. މާއްޑޫ
ބ. ދަކަންދޫ
މ. މާހުރާ
ފ. މަކުނެއެރި
ދ. ފެންފުށި
ދ. މިނިމަސްގަލި
ތ. ފެންމީރުފުށި
ތ. ކަކޮޅަސް
ލ. ކަނޑަރު
ލ. ބޮޑުމާބުޅަލި
ގއ. ވިލިގަލާ
ގއ. މުނަންދުވާ
ގދ. މާނައިދޫ
ގދ. އާކިރަހުއްޓާ
ގދ. ވާރެޔަދުވާ
ގދ. ލޮނުދޫ

މި 25 ރަށުގެ ތެރެއިން ރަށަކަށް ކުރިމަތިލުމަށް ބޭނުންވާ ކައުންސިލަކުން ޕްރޮޕޯސަލް ފޮނުވުމަށް އެ އޮތޯރިޓީއިން ކޮށްފައިވާއިއުލާނުގައި ވެއެވެ.

ކައުންސިލްތަކުން އެދޭ، އެ އަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އާމްދަނީ ހޯދުމަށް އެ ކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ވަކި އުސޫލުތަކެއްގެ ދަށުން ލިބޭނެގޮތެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު