ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފަރެސްމާތޮޑާގެ ބިން ހިއްކައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދޭނަން: ރައީސް
އިސްމާއިލް ރިޒާ
20 ފެބުރުއަރީ 2024 - 17:26
0
comments
Tweet
Telegram
ފަރެސްމާތޮޑާގައި ބިންހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި، އެރަށުގެ ބަނދަރު ތަރައްޤީކުރާނީ ސްލިޕްވޭއެއްވެސް ހިމެނޭގޮތަށް ކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ހުވަދޫ ސްކޫލްގައި ފަރެސްމާތޮޑާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ބަނދަރުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށްކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ފަރެސްމާތޮޑާގެ ބޯހިޔާވަހިކަމުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މިއަދު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ހުށަހަޅާފައިވާތީ، އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ހުރިހާ ސިޓީއެއްގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށާއި ބޮޑެތި ރަށްރަށުގެ ބޮޑެތި މަގުތައް ހެދުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ފަރެސްމާތޮޑާގެ މަގުތައްވެސް ރަނގަޅު ފެންވަރަކަށް ހެދިގެންދާނެކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތް ނުރަނގަޅު ހާލަތުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެކިއެކި މަސައްކަތްތައް ކޮށްފައި ފައިސާ ނުދައްކާ ގިނަ އަދަދެއްގެ ބިލްތަކެއް އެމަނިކުފާނު ސަރުކާރަށް ވާރުތަވެގެން އައިކަމަށާއި، އެގޮތުން ހަމައެކަނި ރާއްޖޭގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ޖުމްލަ 9 ބިލިޔަން ރުފިޔާގެ ބިލް ހުރިކަމާއި، ބޭރުގެ ފަރާތްތަކަށް އޮތް ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އަދި ރާއްޖެއަށް މިހާރު އިޤުތިޞާދީގޮތުން ކުރިމަތިވެފައިވާ ދަތިތަކަކީ މި ދަރަނިތަކާހުރެ ކުރިމަތިވެފައިވާ ދަތިތަކެއްކަމަށާއި، އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރުން މި ދަރަނިތައް އަދާކުރުމުގެ މަސައްކަތް ކުރަމުންދަނީ މީގެ ކުރިޔާ ޚިލާފަށް ފައިސާ ޗާޕު ކޮށްގެން ނޫން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަރެސްމާތޮޑާއަކީ މަސްވެރި ރަށަކަށްވާތީ މަސްވެރިކަމަށް ބޭނުންކުރެވޭ އިތުރު ކަންކަމާ އެކު ބަނދަރު ބޮޑުކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެތަނުގެ ޑިޒައިނިންގެ މަސައްކަތަށް ވަރަށް އަވަހަށް މިނިސްޓްރީގެ ޓީމެއް ރަށަށް ވަޑައިގަންނަވާނެ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފަރެސްމާތޮޑާގައި ރަނގަޅު ފެންވަރުގެ ބޮޑު މިސްކިތަކާއި މަގު ހެދުމުގެ މަސައްކަތާއި ޑޮކްޓަރުން ހޯދުމާއި ސްކޫލު ބޮޑުކުރުމުގެ މަސައްކަތާއި ރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވީ ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާގެ މައްސަލަ އާއި ބަނދަރުގެ ޖާގައިގެ މައްސަލައާއި މަސްވެރިންގެ މައްސަލަތަކާއި ޒުވާނުންނަށް ފުޓްބޯޅަ ކުޅެވޭނެ ދަނޑެއް ނެތުމުން އެ މައްސަލަތަކަށް ހައްލެއް ހޯދައިދެއްވަން ކައުންސިލުން އެދުމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
18 ގަޑިއިރު ކުރިން
0
ރާއްޖެއިން ދައްކަން ޖެހޭ ލޯނުތައް ފަސްކުރުމުގެ ވިސްނުމެއް ނެތް: ޗައިނާ ސަފީރު
19 ގަޑިއިރު ކުރިން
0
މުވާސަލާތުގެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލާނަން: ރައީސް
2 ދުވަސް ކުރިން
0
ސަރުކާރުން ކުންފުންޏެއް އުފައްދައިފި؛ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
2 ދުވަސް ކުރިން
0
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކުޑަކުއްޖެއްގެ ގައިމައްޗަށް ފާރެއް ވެއްޓިއްޖެ
12 ގަޑިއިރު ކުރިން
0
ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި
12 ގަޑިއިރު ކުރިން
0
ރާއްޖެއާ އޮތް ނުތަނަސްކަން ނައްތާލެވޭނެ: އިންޑިއާ
15 ގަޑިއިރު ކުރިން
0
މިރޭގެ މަގްރިބު ނަމާދަށްފަހު މުދަލު ޒަކާތާ ބެހޭ ދަރުސްތަކެއް
18 ގަޑިއިރު ކުރިން
0