ވިޔަފާރި
ގުޅި އާއި ކެޔޮދޫގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓައިފި
ކ. ގުޅީގައި ހުޅުވި އޭޓީއެމް ސެންޓަރު. -- ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކ. ގުޅި އަދި ވ. ކެޔޮދޫގައި މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވައި ހިދުމަތްދޭން ފަށްޓައިފި އެވެ.

އެ އޭޓީއެމް މެދުވެރިކޮށް އާއްމުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގޭނެ އެވެ. އަދި ފައިސާ ޖަމާކޮށް، ބިލަށް ފައިސާ ދައްކައި ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ އެވެ.

ކ. ގުޅީގައި ބެހެއްޓި އޭޓީއެމްގެ އިތުރުން ކ. އަތޮޅުގެ ފަސް ރަށެއްގައި އޭޓީއެމްގެ ހިދުމަތް ލިބެން ހުރެ އެވެ. އަދި އެ އަތޮޅުގައި ބީއެމްއެލްގެ ހިދުމަތްތައް ދިނުމަށް ދެ ބްރާންޗު ވެސް ހުރެ އެވެ.

ވ. އަތޮޅުގައި އަލަށް ގާއިމުކުރި އޭޓީއެމްގެ އިތުރުން އިތުރު ދެ އޭޓީއެމް ހުރެ އެވެ. އަދި އެ އަތޮޅު ފެލިދޫގައި ހުންނަ ބީއެމްއެލްގެ ބްރާންޗާއި މީހުން ދިރިއުޅޭ ރަށްތަކުގައި ވަނީ ކޭޝް އެޖެންޓުން މެދުވެރިކޮށް އަންނަނީ ހިދުމަތް ދެމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސަވިސް ބޭންކިން ސެންޓަރު، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު