ދުނިޔެ
އިންޑިއާގެ ބޮޑުވަޒީރު އަވަހާރަކޮށްލި ލަންކާ މީހާ އިންޑިއާގައި މަރުވެއްޖެ
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީއަށް ހަމަލަދެނީ
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީ އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މިހާރު އުމުރުން 55 އަހަރުގެ ސަންތަން ޗެންނާއީގައި މަރުވެއްޖެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ލަންކާ މީހާ މަރުވީ މިދެންނެވި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީގެ ޗެންނާއީ ހޮސްޕިޓަލުގަ އެވެ.

ރާޖީވް ގާންދީ 1991 ވަނަ އަހަރު އަވަހާރަކޮށްލި މައްސަލައިގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހު ސުޕްރީމް ކޯޓުން 2022 ވަނަ އަހަރު ސަންތަން ދޫކޮށްލިތާ 2 އަހަރު ނުވަނީސް އޭނާ މަރުވިއިރު، ކޯޓުން އެފަހަރު އިތުރު 6 މީހުންނާއެކު އޭނާ ދޫކޮށްލުމުން ރަޖީވް ގާނދީގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.


ރާޖީވް ގާންދީ ސަރުކާރު ޖެނެރަލް ހޮސްޕިޓަލުގެ ޑީން އީ ތެރަނިރާޖަން ވިދާޅުވި ލަންކާގެ 55 އަހަރުގެ މީހާ ނިޔާވީ ލިވަރ ފެއިލްވެގެންނެވެ. އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ބުނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ސަންތަންގެ ބޮޑީ ލަންކާއަށް ފޮނުވާނެ ކަމަށެވެ.

މިމައްސަލާގައި އެހޮސްޕިޓަލަށް އެއްބަޔަކު ބޮޑެތި ތުހުމަތުތައް ކުރެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު