ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ފައިބައިފި
އައިމިނަތު ޝިޔާޒާ
13 އޭޕްރީލް 2024 - 01:30
0
comments
Tweet
Telegram
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗު މި މަހު ނުވައެއްގައި ރާއްޖޭ ދޫކޮށް ފުރާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާ އާއި ރާއްޖެ އެއްބަސްވެފައި ވަނީ މާރިޗް 10 ނިޔަލަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށެވެ. އެ އެއްބަސްވުމާއި އެއްގޮތަށް އެ ދުވަހުގެ ކުރިން ސިފައިންގެ ފުރަތަމަ ބެޗް ވަނީ ގޮސްފައެވެ. އަދި ބާކީ ތިބި ސިފައިން މެއި 10 ގެ ނިޔަލަށް ފައިބަން ވަނީ އެއްބަސްވެފައެވެ. އިންޑިއާ ސިފައިން ދެން ތިބީ ހދ. ހަނިމާދޫ އާއި ލ. ކައްދޫގައެވެ. މިއީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށާއި އެ އުޅަނދުތަކުގެ ޓެކްނިކަލް މަސައްކަތް ކުރުމަށް ތިބި ސިފައިންނެވެ.
މިހާރު އައްޑޫ ސިޓީގައި ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފުރަތަމަ ދުވަހުވެސް އެމަނިކުފާނު ފެއްޓެވި ކަމަށެވެ.
ރައީސް ވިދާޅުވީ ފަހު ޕްލެޓްފޯމުގަ ތިބި އިންޑިއާ ސިފައިން ވެސް އަންނަ މަހުގެ 10 ގެ ކުރިން ފައިބާނެ ކަމަށާއި އެ ހިސާބުން ބޭރުގެ ސިފައިން ބޭލުމުގެ ވައުދު ފުދުނީ ކަމަށެވެ.
ނަމަވެސް ފުރީ ކޮން ޕްލެޓްފޯމެއްގައި ތިބި އިންޑިއާ ސިފައިންނެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. އަދި ބަދަލުގައި މަދަނީން އައިސްފައިވާ ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އަދި އިންޑިއާއިން ވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ގަޑިއިރު ކުރިން
0
ސިވިލް ސަރވިސްއިން ވަކިވެފައިވާ މީހުން ވަޒީފާއާ އަލުން ގުޅުމުގެ ފުރުޞަތު ފަހިކޮށްދެއްވަނީ
15 ގަޑިއިރު ކުރިން
0
އަހާ ގެ އާ ފޯރަމް މިރޭ އޮންނާނެ
3 ދުވަސް ކުރިން
0
ވަޒީރުންނާ ސުވާލުކުރެވޭ އަހާ ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ
7 ދުވަސް ކުރިން
0
ރައީސް އިދިކޮޅަށް ގޮވާލެއްވީ ދެކޮޅުވެރިކަމާއި ހިޔާލު ތަފާތުވުން ދޫކޮށްލުމަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުޅުމާލޭގައި ގްރޫޕް މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
2 ގަޑިއިރު ކުރިން
0
ކުރިއަށް އޮތް ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ރޯދަ އަށް
2 ގަޑިއިރު ކުރިން
0
ބީއެމްއެލް އަށް ފުރަތަމަ ކުއާޓާގައި 493 މިލިއަން ރުފިޔާގެ ފައިދާ
2 ގަޑިއިރު ކުރިން
0
ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފި
2 ގަޑިއިރު ކުރިން
0