ޚަބަރު
ޒައީމް ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފި
އެމްޑީޕީގެ ޓިކެޓުގައި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ޒައީމު ގަޔަށް ކަޅުތެޔޮ ޖަހާފައި-
މިއަދު އޮތް ފަރެސްމާތޮޑާ ދާއިރާގެ ބަހުސް ގައި ބައިވެރިވާން އައިސް ހުއްޓާ އެމްޑީޕީގެ ކެންޑިޑޭޓްގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. 

ކަޅުތެޔޮ ޖަހާފައި ވަނީ ފަރެސްމާތޮޑާ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ކުރިމަތިލާ އަހްމަދު ޒައީމްގެ ގަޔަށެވެ.

ފުލުހުން ބުނީ ޒައީމް ޕީއެސްއެމް މަޖިލިސް ބަހުސް އަށް ދަނިކޮށް އަމީނީމަގު އެމްއެންޔޫ ކައިރި ޕާކިންގް ޒޯންއާ ހިސާބުން ސައިކަލެއްގައި ދިޔަ ދެ މީހުން އަހްމަދު ޒައީމާ ދިމާލަށް ކަޅުތެޔޮ ކޮތަޅެއް އެއްލި މައްސަލަ މިއަދު 16:11 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު