ޚަބަރު
ހިންނަވަރުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
ފާދިއްޕޮޅު ހިންނަވަރު ކައުންސިލާ އ.ތ.މ އާ ރައީސް ބައްދަލުކުރައްވަނީ
ރައީސް ޑރ މުހައްމަދު މުޢިއްޒު، ފާދިއްޕޮޅު ހިންނަވަރު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ. މިބައްދަލުކުރެއްވުން އޮތީ ޅ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާކަމަށާއި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލާއި ބިންހިއްކާފައިވާ ސަރަޙައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި 50 ފްލެޓް އަދި 50 ރޯހައުސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަވަހަށް ނިންމުމަށް އެދުން ހިމެނެ އެވެ. 

މީގެ އިތުރުން ކައުންސިލު އިދާރާއަށް އައު އިމާރާތުގެ މަސައްކަތް އަވަސްކުރުމާއި މިހާރުހުރި އޭޓީއެމްގެ އިތުރުން ބޭންކުގެ އައުޓްޕޯސްޓެއް ރަށުގައި ގާއިމުކުރުމާއި ރަށުގެ އިޤުތިޞާދީ އިޖުތިމާއީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު