ޚަބަރު
ބައި މިލިއަން ރުފިޔާގެ ސްކޭމް މައްސަލައެއްގައި ޖަލުން 22 ފޯނު ހޯދައިފި
މާފުށީ ޖަލު ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތި-- ފޮތޯ: ފުލުހުން
ސްކޭމްގެ މައްސަލައަކާ ގުޅިގެން މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި ޖަލު ބަލައި ފާސްކޮށް 22 ފޯނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މޯބައިލް ފޯނުތަކަކާއި އެހެނިހެން ތަކެތި ހޯދައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެއީ މަކަރާއި ހީލަތުން 500،000ރ. އަތުލާފައިވާ މައްސަލައަކާއި މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައި ފާސްކޮޮށް 22 މޯބައިލް ފޯނާއި 10 ޗާޖަރާއި 10 ހެޑްސެޓް/އެއާޕޮޑާއި ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއްގެ އިތުރުން މި މައްސަލައާ ގުޅުންހުރި އިތުރު ހެކި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ފުލުހުން ބަލަމުންދާ، މަކަރާއި ހީލަތުން ފަސް ލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައަކާއި މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މީގެ ކުރިން ވެސް މިގޮތަށް ހިންގި އޮޕަރޭޝަންތަކުގައި ގައިދީން އަތުން ފުލުހުން ވަނީ ފޯނުގެ އިތުރުން ވެސް ޖަލުގައި ގެންގުޅުން މަނާތަކެތި އަތުލައިގެންފަ އެވެ.

މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު