ޚަބަރު
މާލޭގެ މަގުތަކުން 40 ވެހިކަލް ރޭ ޓޯކޮށްފި
މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުނޅަދުއް ނެގުނުގެ ޕްރޮގްރާމްގެ ދަށުން ރޭ 15 އުނޅަދެއް ޓޯކޮށްފައިވާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތައް ނެގުމަށް ކުރާ މަސައްކަތުގެ ތެރެއިން، އަމީނީމަގުން އެކަނި ވެސް ރޭ 15 ވެހިކަލް ޓޯކުރި ކަމަށެވެ. އަދި ރޭ އެކަނި ވެސް މާލޭގެ އެކި ތަންތަނުން 40 ވެހިކަލް ޓޯކުރި ކަމަށް ފުލުހުން ބުންޏެވެ.

މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

ފުލުހުން އުޅަނދުތައް ޓޯކުރަން ފަށާފައި ވަނީ މާލޭގައި މީހުންނަށް އުނދަގޫވާ ގޮތަށް ޕާކުކުރުން އާންމުވެފައިވަނިކޮށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު