ޚަބަރު
ހަތަރު މިސްކިތެއްގައި ޒުވާން ޚަތީބުން އިމާމުވެ ހުކުރު ނަމާދުކޮށްފި
މިއަދު ހުކުރު ކުރި ހަތަރު ޒުވާން ޚަތީބުން.-
އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން ނިންމާ ތަމްރީން ކުރި ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުން މާލެ ސަރަހައްދުގެ ބައެއް ބޮޑެތި މިސްކިތްތަކުގައި މިއަދު ޚުތުބާ ކިޔައި، އިމާމުވެ ނަމާދު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލެ ސިޓީގެ ހަތަރު މިސްކިތެއްގައި މިއަދު އިމާމުގެ ހުކުރު ކުރީ ޒުވާން ހަތީބުންނެވެ. މަރުކަޒު ގައި ބަންގި ގޮވީ ވެސް ޒުވާން ހަތީބެކެވެ.

މިއަދު އިމާމުވެ ހުުކުރު ކުރި ޒުވާން ހަތީބުންނަކީ؛

  •  ސުލައިމް މުހައްމަދު ލަތީފް - ތައިބާ މިސްކިތް
  •  ހުސައިން ޒައިން އަލީ - މަސްޖިދުލް އަމާނީ
  •  އަބްދުލްމަތީން މުހައްމަދު - އީދު މިސްކިތް
  •  ނައުފަން ނިޔާފް - ހުކުރު މިސްކިތް
މީގެ ތެރެއިން ހުސައިން ޒައިން އަލީ އަކީ އޯޓިސްޓިކް ކުއްޖެކެވެ. ނަމަވެސް ވަރަށް ތޫނު ފިލި ގުރުއާންގެ ބޮޑު ބައެއް ހިތު ދަަސްކޮށްފައިވާ ވަރަށް ރީތިކޮށް ހުތުބާ ކިޔާ / ގުރުއާން ކިޔަވާ ކުއްޖެކެވެ.

މިނިސްޓްރީން ވަނީ މި ރޯދަ މަހު، ތަރީވީހް ނަމާދު ކުރުމަށާއި އިމާމުވެ ހުކުރު ކުރުމަށް ޒުވާން ހަތީބުން ތަމްރީނު ކޮށްފަ އެވެ. މިނިސްޓްރީން ވަނީ އިމާމުވެ ތަރާވީހް ނަމާދު ކުރަން ވެސް 16 ކުއްޖަކަށް ފުރުސަތު ދީފަ އެވެ. 

ބައެއް މިސްކިތްތަކުގެ އިމާމުންގެ ބެލުމުގެ ދަށުން މިހާރުވެސް ބައެއް ޒުވާނުން އިމާމުވެ ނަމާދު ކުރެ އެވެ. ނަމަވެސް ހުކުރުކޮށް ހުތުބާ ކިޔުމުގެ ފުރުސަތު މީގެކުރިން ދިނީ ހަމައެކަނި ހުއްދަ އޮންނަ ބޭފުޅުންނަށް އެކަންޏެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މާސްޓާސްއާ ހަމައަށް ކިޔަވާފައިވާ އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ފަށާފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު